މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅު މައްޗަށް 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ތުހުމަތުވާ އެންމެންގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި މައްސަލާގައި ތުހުމަތު ކުރެވޭ އެންމެން ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަމަށާއި އެންމެންގެ ބަޔާން ނަގާފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން ދެމުން ޝުޖާއު ވިދާޅުވީ މާންދޫގެއަށް ވަންނަތަން ފެންނަ މީހުންނާ، އަންހެން ކުއްޖާ އާއި އޭނާއާ އެކީ އުޅުނު މީހާއާ އޮތް ގުޅުމާއި އޭގެ ކުރިން ހިނގި ކަންކަން ދެނެގަތުމަށް ކުރަން ޖެހޭ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން އަންހެން ކުއްޖާ އާއި އެކު އުޅުނު ރައުދު އަހްމަދު ޒިލާލް، 21، ހައްޔަރު ނުކުރި ނަމަވެސް އޭނާގެ ފޯނާއި ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ވަނީ ބުނެފަ އެވެ.
އެ މީހުން އެރޭ ވަދެފައިވާ ގެތައް ވެސް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވަނީ ވިދާޅުވެފަ އެވެ.
ގަވާއިދުން ހިނގުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް: ދިރާސާ
ދަރިން ކިޔެވުމަށް ޝައުގުވެރި ކުރުވަން ކުރެވިދާނެ ދެތިން ކަމެއް!
އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީކަމުން ޝާހިދު ވަކިކޮށްފި