މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މެންބަރުކަމުން ޑރ. މުހައްމަދު ހަބީބު އިސްތިއުފާދެއްވައިފި އެވެ.
ހަބީބު އިސްތިއުފާދެއްވީ އެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލާ އާއިލީގޮތުން ގުޅުން އޮތުމުންނެވެ. ރައުދުގެ މަންމައަކީ ސ. ހިތަދުއަށް ނިސްބަތްވާ މީހެކެވެ. ހަބީބަކީ ވެސް ހިތަދުއަށް ނިސްބަތްވާ ބޭފުޅެކެވެ. އެ ދެ މީހުންނަކީ އާއިލީގޮތުން ގުޅުން އޮތް ދެ މީހުންނެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ޕާސްޕޯޓާއި ފޯނު ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުއްޣަފޫރުގެ މަންމަ ހާލާ ހަމީދާއި ޑރ. ހަބީބަކީ ވެސް ކްލާސްމޭޓުންނެވެ.
ހަބީބުގެ އިތުރުން އެ ކޮމިޝަނުގައި ދެން ތިއްބަވަނީ ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.
އެ ކޮމިޝަނުގެ ރައީސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ ޑރ. މުނައްވަރެވެ.
އެ ކޮމިޝަނަކީ މިހާރު މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ޒުވާނުން ކުރި ޑިމާންޑަކާ ގުޅިގެން އުފެއްދެވި ކޮމިޝަނެކެވެ.
ފެންވަރާލުމަކީ ވެސް މިހާރު ބޮޑު ކާމިޔާބެއް: ބެލާ
އެމެރިކާ މޮޅުވެއްޖެ ނަމަ ހަނދަށް ބޯޅައެއް ފޮނުވާނަން: ނާސާ
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމަށް ފިރުޒުލް ހަމަޖައްސައިފި
