އުޑުމަތީގެ އަޖައިބުތައް އިންސާނުންނަށް ހާމަވަމުންދާ ވަރަކަށް، އަޅުގަނޑުމެންގެ ހިޔާލަށް ނުގެނެވޭފަދަ ކަންތައްތައް ފެންނަމުންދެ އެވެ. މިފަދަ އަޖައިބެއްގެ ގޮތުގައި ސައިންސްވެރިން ދެނެގަތް ޕްލެނެޓެއްގެ ހޯދުން ހިމެނެ އެވެ.
"55 ކެންކްރީ އީ"ގެ ނަމުން މަޝްހޫރުވެފައިވާ މި ޕްލެނެޓް ހޯދާފައިވަނީ 2004 ވަނަ އަހަރު އެވެ. މިލްކީވޭ ގެލެކްސީގައި އަޅުގަނޑުމެންނާ ކައިރި ތަރިއެއްގެ ވަށައިގެން ދައުރުވާ މި ޕްލެނެޓުގައިވާ، މުޅި ބަރުދަނުގެ ތިންބައިކުޅަ އެއްބަޔަކީ ހަމައެކަނި ސާފު ޑައިމަންޑުކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. މިއީ އިންސާނުންނަށް އަގުހުރި މާއްދާއެއްގެ ގޮތުގައި ބެލެވޭ ޑައިމަންޑްގެ ބޮޑު މިންވަރެކެވެ.
ބަރުދަނާއި ސައިޒު ދެނެގަތުމަށްފަހު، ސައިންސްވެރިން ބުނާ ގޮތުގައި މިޕްލެނެޓްގައި އެކުލެވިގެންވަނީ މައިގަނޑު ގޮތެއްގައި ކާބަން (ޑައިމަންޑް އަދި ގްރެފައިޓްގެ ސިފައިގައި)، އަދި އައިރަން، ސިލިކޮން ކާބައިޑް، އަދި ފަހަރެއްގައި ސިލިކޭޓްސްއިންނެވެ.
މި ދިރާސާއިން ދައްކައިދެނީ އުޑުމަތީގައި އިންސާނުންނަށް ނޭނގޭ އެތައް އަޖައިބުތަކެއް ވާކަމެވެ. އަދި ކުރިމަގުގައި މިފަދަ އިތުރު ހޯދުންތައް ހޯދޭނެކަމުގެ އުންމީދު ސައިންސްވެރިންނަށް ލިބިގެންދެ އެވެ.