ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 169 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 67 މީހަކު ޕޮޒިޓިވްވިއިރު، 65 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 29 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 169 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 24،548 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 3،104 ގައި މިހާރު ހުރިއިރު 21،368 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑްގެ އަދަދުތައް މާލެ ސަރަހައްދުގައި މަދުވަމުން މިދަނީ މާލޭގެ ސާމްޕަލްތައް ޓެކްސްޓު ކުރުން މަދުވުމުންނެވެ. ސަބަބަކީ އަތޮޅު ތެރެއިން ގިނަ އަދަދެއްގެ ސާމްޕަލްތައް ކޮންމެ ދުވަހަކު ވެސް ޓެސްޓް ކުރަން ޖެހިފައިވާތީ އެވެ. މާލެ ފިޔަވައި މިހާރު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި ވަނީ ޅ. ފެލިވަރާއި ޅ. ނައިފަރުގެ އިތުރުން ކ. ތުލުސްދޫގަ އެވެ. އެ ރަށްތަކުން 100 އަށް ވުރެ ގިނަ ކޭސް މިހާތަނަށް ފެނިފައިވެ އެވެ.