ދިރާގު ފުވައްމުލަކު ރަން 2025 ވަނީ ފުވައްމުލަކުގައި ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފި އެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގްބޫލް ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ އެޑިޝަނެއް އަތޮޅު ތެރޭގައި އަދި މި ހާއްސަ މަންޒިލުގައި ބޭއްވި ފުރަތަމަ ފަހަރެވެ.

މި ދުވުމަކީ ފުވައްމުލަކު ސިޓީ ކައުންސިލް، ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، އަދި ދިވެހިރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަންއާ ގުޅިގެން އިންތިޒާމުކޮށްފައިވާ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުން ކަމަށް ދިރާގުން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ތާރީހީ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1112 ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ. އަދި މި ދުވުމުގައި ހިމެނުނު ކެޓަގަރީތަކުގެ ތެރޭގައި 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ހިމެނެ އެވެ.

ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ ދިރާގު ރޯޑް ރޭސްގައި އޮތް 10 ކިލޯމީޓަރުގެ ދުވުން އެންމެ ފުރަތަމަ ނިންމި ދުވުންތެރިޔާ މުހައްމަދު އިރުފާނަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު މެޑަލް ހަވާލުކޮށްދެއްވަނީ. ފޮޓޯ: ދިރާގު

ޑީއެމްއާރްއާރް އާ އެއްފަދައިން، ދިރާގު ފުވައްމުލައް ރަން ގައި ބައިވެރިވެ އެކިއެކި ވަނަތައް ހޯދި ދުވުންތެރިންނަށް ޖުމްލަ 232،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހަވާލުކޮށްފަ އެވެ.

ދިރާގު ފުވައްމުލަކު ރަން 2025ގެ ވަނަވަނައަށް ގޮސްފައިވާ ދުވުންތެރިންނަކީ:

ހާފް މެރަތަން - ފިރިހެން

  • ޝިފާޒު މުޙައްމަދު - ޗެމްޕިއަން
  • ހުސައިން ފަޒީލް - ރަނަ-އަޕް
  • ކިރަން ސިންގް ބޮގަޓީ - ދެވަނަ ރަނަ-އަޕް

ހާފް މެރަތަން - އަންހެން

  • އައިޝަތު ޖިނާނީ އިބްރާހީމް - ޗެމްޕިއަން
  • ޝަޒްނާ މުހައްމަދު - ރަނަ-އަޕް
  • ހުސްނާ މުހައްމަދު - ދެވަނަ ރަނަ-އަޕް

10 ކިލޯމީޓަރު - ފިރިހެން

  • މުހައްމަދު އިރުފާން - ޗެމްޕިއަން
  • މުހައްމަދު ރަޝީދު - ރަނަ-އަޕް
  • އަބްދުﷲ ރަޝީދު - ދެވަނަ ރަނަ-އަޕް

10 ކިލޯމީޓަރު - އަންހެން

  • ނިޒްމީނާ އަހުމަދު - ޗެމްޕިއަން
  • އަނާން އަހްމަދު ރަޝީދު - ރަނަ-އަޕް
  • އާމިނަތު ނައުފާ ރަޝީދު - 2 ވަނަ ރަނަރ-އަޕް

5 ކިލޯމީޓަރު އޯޕަން - ފިރިހެން

  • ސައިން ފަޟީލް - ޗެމްޕިއަން
  • ޔޫސުފް އިބްރާހީމް - ރަނަ-އަޕް
  • ކިރަން ސިންގް ބޮގަޓީ - 2 ވަނަ ރަނަ-އަޕް

5 ކިލޯމީޓަރު އޯޕަން - އަންހެން

  • ނިޒްމީނާ އަހްމަދު - ޗެމްޕިއަން
  • ފާތިމަތު ހަސްނާ - ރަނަ-އަޕް
  • ހުސްނާ މުހައްމަދު - ދެވަނަ ރަނަ-އަޕް

5 ކޭ ސްކޫލް 13 އަހަރުން މަތި - ފިރިހެން

  • އަހުމަދު ރޫނީ މުހައްމަދު - ޗެމްޕިއަން
  • އަހުމަދު ޖޫދު މުހައްމަދު - ރަނަ-އަޕް
  • މުހައްމަދު ޝުއައިބު އަބްދުﷲ - 2 ވަނަ ރަނަ-އަޕް

5 ކިލޯމީޓަރު ސްކޫލް 13 އަހަރުން މަތި - އަންހެން

  • ދުއާ އަހުމަދު ވަސީމް - ޗެމްޕިއަން
  • ނީމް އިބްރާހީމް އަހްސަން - ރަނަ-އަޕް
  • އާއިޝަތު އަމްޝީ އަހުމަދު - ދެވަނަ ރަނަ-އަޕް

5 ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށް - ފިރިހެން

  • އާހިލް އިބްރާހީމް މޫސާ - ޗެމްޕިއަން
  • ޔޫސުފް އާކިލް އާމިރު - ރަނަ-އަޕް
  • މުހައްމަދު އާލް ހަސަން - ދެވަނަ ރަނަ-އަޕް

5 ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށް - އަންހެން

  • އާމިނަތު ރައޫމް އަހްމަދު ހަބީބު - ޗެމްޕިއަން
  • މަރިޔަމް ޔުއީން އަބްދުﷲ - ރަނަ-އަޕް
  • އާމިނަތު ޝާޔަން - ދެވަނަ ރަނަ-އަޕް

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް" އަކީ ވޯރލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.

ދިރާގުން ބުނިގޮތުގައި މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއާރްއާރު ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ދިވެހިރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.