ރާއްޖެ އަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8 އިން މިއަދު މެންދުރުފަހު 2 އާ ހަމައަށެވެ.
މިގޮތުން އެ އިދާރާއިން ބުނީ މިސަރައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
މި ސަރަހައްދުގެ އިތުރުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!
އީރާނުގެ ސްކޫލަކަށް ހަމަލާދީ 53 ކުދިން މަރާލައިފި