ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަނެހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށާއި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ހަމައެއާއެކު މި ކުއްޖާ ހޯދުމުގައި ފުލުހުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވެސް ބައިވެރިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.