ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިން ހުސައިން މުހައްމަދު ހަނީފަށް ފެނަކައިގެ ލީގަލް ހެޑްކަން ދީފި އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި ފެނަކައިގެ ލީގަލް ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމަށް ހަނީފް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އޭނާ ވަނީ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާކަމުން އިސްތިއުފާދެއްވާފަ އެވެ.

ހަނީފު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ބޭނުންވާ މައުލޫމާތުތައް ދިނުމަށް ސަރުކާރުގެ އެކި ފަރާތްތަކާއެކު ޑީލް ހަދާފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅޭގޮތުން ވެސް ހަނީފު ބުނި ބުނުމަށް އެއްވެސް އަސާސެއް ނެތް ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށި އެވެ.

އޭނާ ވަނީ ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ދެކޮޅަށް ޖޭއެސްސީއަށް ބަޔާން ދެއްވާފަ އެވެ.