ހދ. ނެއްލައިދޫ ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް އެދިއްޖެ އެވެ.
ނެއްލައިދޫ ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު އެތަނުގެ ޕްރިންސިޕަލް އިބްރާހިމް ނަސީމަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ ސްކޫލްގެ ވެރިއެއްގެ ފަރާތުން އޮފީސް މާހައުލުން ދިމާވެގެން ނުވާނެ ކަންކަން ކުރިމަތިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އޮފީސް ގަޑީގެ ބޭރުން ރޭގަނޑު ފޯނަށް ގުޅުމާއި އޮފީސް މާހައުލުގައި ޖިންސީ ފުރައްސާރަ އަށް މަގުފަހިވާ ޒާތުގެ ވާހަކަ ދައްކަމުން އަންނަ ކަމަށް ސިޓީގައިވެ އެވެ.
އެއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ބަލައި ދިނުމަށް ވެސް ސިޓީގައި އެދިފައިވެ އެވެ. އަދި ތަހުގީގަށް ބޭނުންވާ އޯޑިއޯ ރިކޯޑިން ފަދަ މައުލޫމާތުތައް ދޭން ތައްޔާރަށް ހުރި ކަމަށް ސިޓީގައިވެ އެވެ.
މިކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި އާއި މަސައްކަތުން މާހައުލުން ބޭރުގައި ވެސް ހިތުގައި ބިރުވެރިކަން އުފެދި އަންހެން މުވައްޒަފުންނަށް އޮންނަން ޖެހޭ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.
ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ސިވިލް ސާވިސް ގަވައިދު ބުނާ ގޮތުން ޖިންސީ ފުރައްސާރަ ކުރާ ކަމަށް ތުހުމަތު ކުރެވޭ ނަމަ، އެކަން ތަހުގީގުކޮށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅޭނެއެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ