ހެނދުނު ހޭލާ ގޮތަށް ކޮފީއެއް ބުއިމަކީ ގިނަ ބައެއްގެ ދުވަހުގެ ފެށުމެވެ. ކޮފީއާ ނުލާ ދުވަހުގެ ފެށުން ފުރިހަމަ ނުވާއިރު އޭގެ ސަބަބުން މުޅި ދުވަހުގެ މޫޑަށް ވެސް އަސަރު ކުރެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ ކޮފީއާ ނުލާ ވެސް ހެނދުނު ހޭލުމަށްފަހު ހަށިގަނޑަށް ބޭނުންވާ ހަަކަތަ ލިބޭނެ ކަންކަމަށެވެ. އެހެން ކަމުން މިކަންކަމުގެ އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ.

ކަސްރަތު ކުރުން

ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް ކަސްރަތު ކުރުމަކީ ހަށިގަނޑުގައި ދައުރުވާ ހޯމޯންސް ހަމައަކަށް އަޅުވައިދީ މުޅި ދުވަހު ހަށިގަނޑުގައި ހަކަތަ ދަމަހައްޓައިދޭނެ ކަމެކެވެ.

ފެން ބުއިން

ނިދާ ހޭލާ ވަގުތަކީ ހަށިގަނޑު ޑީހައިޑްރޭޝަންއަށް ވަރަށް ބޮޑަށް ހުށައަޅައިދޭ ވަގުތެކެވެ. އެހެން ކަމުން ހޭލުމަށްފަހު ފުރަތަމަ ކަމަކަށް ފެން ބުއިމުން ހަށިގަނޑުގައި ވަރުޖެހި ދުވަހަށް ތައްޔާރު ކޮށްދެ އެވެ.

ހެނދުނުގެ ނާސްތާއަށް ސެލެޑެއް ކެއުން

ކޮފީއާއެކު ބަރު ނާސްތާއެއް ކުރުމުގެ ބަދަލުގައި ތަރުކާރީއާއި މޭވާ ހިމަނައިގެން ސެލެޑެއް ކާލުމަކީ ހަށިގަނޑުގައި ވަރުޖައްސައި ދޭނެ ކަމެކެވެ.

ފިނި ފެނުން ފެންވެރުން

ހެނދުނު ހޭލާ ގޮތަށް ފިނި ފެނުން ފެންވަރާލުމުން ނިދީގެ ސަބަބުން ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަން ފިލުވައިދީ ހަށިގަނޑު ތާޒާކޮށްދޭނެ އެވެ.

މެޑިޓޭޝަން ކުރުން

ނޭވާ ލުމުގެ ކަސްރަތުތައް ހިމެނޭ ގޮތަށް މެޑިޓޭޓް ކުރުމަކީ ވެސް ކޮފީއާ ނުލާ ހަށިގަނޑުގައި ވަރުޖައްސައި ދުވަހުގެ ފެށުން ރަނގަޅު ކޮށްދޭނެ ކަމެކެވެ.