ސައުދީ އަރަބިއްޔާގެ ސަހަރާ ސަރަހައްދުގައި ދުނިޔޭގެ އެންމެ ބޮޑު އިމާރާތުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
"ދަ ލައިން" ގެ ނަމުގައި މަޝްހޫރުވެފައިވާ މި މަޝްރޫއުއަކީ، ސައިންސް ފިކްޝަން ފިލްމުތަކުގައި ފެންނަ ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކުރެވޭ މެގަ ސިޓީއެކެވެ.
މި މަޝްރޫޢުގެ ދަށުން ދުއިސައްތަ މީޓަރު ފުޅާމިނުގައި، 500 މީޓަރު އުސްމިނުގައި، އަދި 170 ކިލޯމީޓަރު ދިގުމިނުގައި ދެ އިމާރާތެއް ކުރެވޭނެ އެވެ. މި އިމާރާތްތަކުގައި 9 މިލިއަން މީހުން ދިރިއުޅެވޭނެ ކަމަށް ލަފާކުރެވެ އެވެ. މި ސިޓީގައި ހުރިހާ ވަސީލަތްތަކެއް ހިމެނޭނެ ކަމަށާއި، ކޮންމެ ތަނަކުން ވެސް 5 މިނެޓުގެ ތެރޭގައި ހުރިހާ ޚިދުމަތްތަކަކަށް ވާސިލުވެވޭނެ ކަމަށް ބުނެވެ އެވެ.
މި މަޝްރޫޢުގެ އަމާޒަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ހަކަތަ ބޭނުންކޮށްގެން ހިންގޭ ސިޓީއެއް އުފެއްދުންކަމަށް ބުނެފައިވެ އެވެ. އަދި މުޅި ސިޓީގެ އެއް ކޮޅުން އަނެއް ކޮޅަށް ދަތުރުކުރެވޭނެ ހައިސްޕީޑް މެޓްރޯ ނިޒާމެއް ޤާއިމުކުރެވޭނެކަމަށްވެ އެވެ.
މި މަޝްރޫޢު ނިމުމަށް ލަފާކުރެވެނީ 2045 ވަނަ އަހަރުގަ އެވެ. އަދި މި މަޝްރޫޢުގެ އަގު 200 ބިލިއަން ޑޮލަރާއި 1 ޓްރިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ނަމަވެސް މި މަޝްރޫޢާ ގުޅިގެން ތިމާވެށީގެ ކަންބޮޑުވުންތަކެއް ވެސް ފާޅުކުރެވެމުންދެ އެވެ. ހާއްސަގޮތެއްގައި ދޫނިސޫފާސޫފީގެ ހިޖުރަކުރާ މަގުތަކަށް އަސަރުކުރާނެ ކަމަށް ތިމާވެށީގެ މާހިރުން ބުނެ އެވެ.