ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދަށް ބަދަލުކޮށްފި އެވެ.
ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގޮންޖެހުންތަކެއް ހުރުމުން އެތަން ވަނީ ނުހިއްކި އެވެ.
މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު ސަރަހައްދެއް ހިއްކައި ލޭންޑްޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ.
މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް މީގެ ކުރިން ގެނައި ބަދަލުގައި ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. ލޭންޑް ޔޫސް ޕްލޭނަށް ދެވަނަ ފަހަރަށް ގެނައި ބަދަލު ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ކުރިން ބޮޑު ޖާގައެއް ލިބޭގޮތަށް މި ސަރުކާރުން ދޫކުރި ގޯތިތައް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ.
އެ ލޭންޑް ޔޫސް ޕްލޭންގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްތަކުގެ އިތުރުން ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް ހިމަނާފައިވެ އެވެ.
މީގެއިތުރުން އެ ޕްލޭންގައި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް އެޅުމަށް ވެސް ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!
2039 ވަނަ އަހަރު މުސްލިމުންނާ 3 އީދު ބައްދަލު ކުރާނެ!
