ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ފެތުރުން އިތުރުވެފައިވާތީ ސަމާލުވާން އެޗްޕީއޭ އިން އެދެފިއެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑްގެ ޖެހިގެން ރިޕޯޓް ކުރާ ކޭސްތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ. މިފަހުން އެންމެ ގިނައިން އެފަދަ ކޭސްތައް ރިޕޯޓް ކުރެވިފައި ވަނީ ނިމިދިޔަ ހަފްތާގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މީގެއިތުރުން އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް މި ދުވަސްވަރު ގިނަ އަދަދަކަށް ރިޕޯޓުކުރެވުމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކޮށް، އެކަމުގެ ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
އެޗްޕީއޭ އިން ވަނީ މި ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
މިދިޔަ އަހަރު އެންމެ ގިނަ ނޫސްވެރިން މަރާފައިވަނީ އިޒްރޭލުން
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
