ރާއްޖޭގެ އެކި ސަރަހައްދުތަކުން 300 އަށްވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކްސްޕޯ 2025" މިރޭ ފަށައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަަހައްދުގައި މިރޭ އެ އެކްސްޕޯ ފެށީ ހަވާއެރުވުމަކުންނެވެ. އެ އެކްސްޕޯ ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސްގެ ދެކަނބަލުން ވަނީ އެ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރާތް ކުރައްވައި އުފެއްދުންތައް ބައްލަވާލައްވާފަ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވި މި އެކްސްޕޯގައި 15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލިއެވެ.
މި އަހަރުގެ އެކްސްޕޯގައި އެންމެ ގިނައިން ބައިވެރިކޮށްފައި ހުރީ ލިޔެލާ ޖެހުމުގެ އުފެއްދުންތަކެވެ. އެ އެކްސްޕޯއަށް ހުށަހެޅި 3000އަށް ވުރެ ގިނަ އުފެއްދުންތަކަށް އިންސާފުކުރުމަށްފަހު ރޭ ވަނީ ވަނަތަކަށް ހޮވުނު 250 އަށް ވުރެ ގިނަ އުފެންދުންތަކަށް އެވޯޑު ވެސް ހަވާލުކޮށްފަ އެވެ.
ޑިޖިޓަލް އުފެއްދުންތައް ވެސް މި އެކްސްޕޯގައި ދައްކާލާފައިވެ އެވެ.
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
މުއިއްޒަކީ ބޭވަފާތެރިއެއް: ނަޝީދު
