ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް ވަނީ 8 އިންސައްތަ އިތުރުވެފަ އެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުވެސް ވަނީ 8 އިންސައްތަ އިތުރުވެފަ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާލީ ހާލަތުވެސް ވަނީ ކުރިއަރާފަ އެވެ. މިގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކުންފުނިތަކުގެ މާލީ ހާލަތަށް 3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެ އެވެ.
މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 923,390 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 8 އިންސައްތައިގެ އިތުރުވުމެކެވެ.
އޮފީސް މޭޒު ދޮށުގައި ކޮޅަށް ހުރުން މާމޮޅު ތަ؟
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟
އުނދަގޫ ނަމަވެސް ހަމަޖެހޭ ދިރިއުޅުމަކަށް މުހިއްމު 5 އާދައެއް!
