ލަންޑަންގެ އެންމެ އަގުބޮޑު ކޮފީގެ ގޮތުގައި މަޝްހޫރު ވެފައިވާ ކޮފީގެ ރަހަ ބެލުމުގެ ތަޖުރިބާ ބޮލީވުޑްގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޯސަންޖް ހިއްސާކޮށްފި އެވެ.
ދިލްޖީތުގެ އިންސްޓަގްރާމްގައި އޭނާ ވަނީ ދާދި ފަހުން ލަންޑަންއަށް ކުރި ދަތުރެއްގެ ތެރެއިން ލަންޑަންގެ އެންމެ އަގުބޮޑު ކޮފީ ބުއިމުގެ ތަޖުރިބާ ދައްކާލާފަ އެވެ.
އޭނާ ހިއްސާކުރި ވީޑިއޯގައި ލަންޑަންގެ ކެފޭއަކަށް ގޮސް ޖަޕާން ޓިޕިކާ ބްރޭންޑްގެ ކޮފީއެއް ބޯ މަންޒަރު ފެންނައިރު އެ ބުއިމަށްފަހު އެ ބުއިމުގެ ރަހައިގެ ވާހަކަ އޭނާ ދައްކަ އެވެ.
އެގޮތުން އެ ކޮފީގައި އެއްވެސް ހާއްސަ ރަހައެއް ނެތް ކަމަށާއި އެހެނިހެން ކޮފީތަކާ ތަފާތުކަމެއް ފާހަގަނުވާ ކަމަށް ދިލްޖީތު ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެ ކޮފީގެ ކޮންމެ ކޯވަރަކީ ގާތްގަނޑަކަށް 7000 އިންޑިއާ ރުޕީސް ކަމަށާއި އެއީ މާ ބޮޑަށް ވެސް ބޮޑު އަގެއް ކަމަށެވެ.
ޖަޕާން ޓިޕިކާ ބްރޭންޑްގެ ކޮފީ ތަށްޓެއް ބާޒާރުގައި އާއްމުކޮށް އުޅެނީ 265 އިނގިރޭސި ޕައުންޑް އަށެވެ. އެއީ ގާތްގަނޑަކަށް 5،500 ދިވެހި ރުފިޔާ އެވެ.
ދިލްޖީތުގެ ފުިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ދާދި ފަހުން ބޭއްވި ހޮލީވުޑް މެޓް ގާލާގަ އެވެ. އޭނާގެ ފެނިލުމަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނެވެ.