ހަވާއީގެ ވޯލްކެނޯއެއް ދިރާސާކުރުމުގެ ތެރެއިން، ދުނިޔޭގެ އެންމެ އެތެރޭގައި ރަނާއި އެހެނިހެން އަގުބޮޑު މައުދަނުތައް ބިމުގެ މަތީ ފަށަލައަށް ލީކުވާން ފަށައިފި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ގޮޓިންގެން ޔުނިވާސިޓީގެ ދިރާސާ ޓީމަކުން ހަވާއީގެ ވޮލްކޭނިކް ރޮކްތަކުގެ މައްޗަށް ކުރި ދިރާސާއިން ދައްކާގޮތުގައި، ދުނިޔޭގެ ކޯގައި ހިފެހެއްޓިފައިވާ ރަނާއި އެހެނިހެން އަގުބޮޑު މައުދަނުތައް ބިމުގެ މަތީ ފަށަލައަށް އަރަމުންދެ އެވެ. މި ދިރާސާގެ ނަތީޖާތައް "ނޭޗަ" ޖާނަލްގައި ޝާއިއުކޮށްފައިވެ އެވެ.

ދިރާސާގައި ބޭނުންކުރި އައު ޓެކްނޮލޮޖީގެ ސަބަބުން، ބިމުގެ އެންމެ އެންމެ ކޯގައި ގިނައިން ހުންނަ ރުތޭނިއަމްގެ ވައްތަރެއް ހަވާއީގެ ވޮލްކޭނިކް ރޮކްތަކުން ފެނިފައިވެ އެވެ. މިއީ ބިމުގެ އެންމެ ކޯއާއި މަތީ ފަށަލައާ ދެމެދު ގުޅުމެއް އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށް ސައިންޓިސްޓުން ބުނެ އެވެ.

ދިރާސާ ހެދި ފަރާތްތަކުގެ ތެރެއިން އެކަކު ކަމަށްވާ ޕްރޮފެސާ މެތިއަސް ވިލްބޯލްޑް ވިދާޅުވީ މި ހޯދުމަކީ ވަރަށް މުހިންމު ހޯދުމެއް ކަމަށެވެ. އަދި މި ހޯދުމުގެ ސަބަބުން ބިމުގެ އެންމެ ކޯއާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.