ކުރިއަށް އޮތް އަޟްހާ އީދަށް ހާއްސަކޮށްގެން ދިރާގުން ބޮޑެތި އޮފާތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ އޮފާތައް ކުރިއަށް ގެންދާނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހް އާދަމް ވިދާޅުވީ އީދު ފަދަ މުނާސަބަތުތަކުގައި ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ އީދު ފާހަގަކުރުމަށް ކަސްޓަމަރުންނާ ގުޅިގެން، ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ތަފާތު އަގުހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
"މި އޮފާތަކުގެ އެހީގައި އާއިލާއާއި ރައްޓެހިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ އީދުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޝާރިހް ވިދާޅުވި އެވެ.
މި ގޮތުން މިއަދު ލޯންޗުކުރި ޕްރޮމޯޝަންތަކަކީ:
- ރީލޯޑް އެންޑް ފްލައި: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ މަތިން ރިލޯޑްކޮށްގެން 10،000 ރުފިޔާގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވަލް ވައުޗަރުއް ހޯދުމުގެ ފުރުސަތު.
- އީދު ސްޓްރީމިން އެޑްއޮން: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްޓްރީމްކުރުމަށް އެންމެ 20 ރުފިޔާއަށް 25 ޖީބީ.
- ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު.
- ފްރީ އަޕްގްރޭޑް ޕްރޮމޯ: ދިރާގު ފައިބާ ބްރޮޑްބޭންޑް ޕްކޭޖަކަށް އިތުރު އަގަކާ ނުލާ މުޅިން ހިލޭ އަޕްގްރޭޑް ކުރެވުން.
- ފައިބަ ބްރޮޑްބޭންޑް ގުޅައިދިނުން ހިލޭ: ދިރާގު ފައިބަ ބްރޮޑްބޭންޑް ހިދުމަތް ނަގާ ކަސްޓަމަރުންނަށް ސެޓަޕް އަދި ރައުޓާ މުޅިން ހިލޭ.
- 100 ޖީބީ ޑޭޓާ އެޑްއޮންއާ އެކު އިތުރު 25 ޖީބީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ކޮންމެ އެޑްއޮންއަކާއެކު އިތުރު 25 ޖީބީ މުޅިން ހިލޭ.
- ސަޅި ކުއާޓަލީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ކުއާޓަލީ އެޑްއޮން އެކްޓިވޭޓްކޮށްގެން 180 ޖީބީ އާއެކު އިތުރު 50 ޖީބީ އަދި ދިރާގު ކޯލްތައް މުޅިން ހިލޭ.
- ހިލޭ 5 ޖީ ރައުޓަރެއް: އަލަށް 5 ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާއިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5 ޖީ ރައުޓަރެއް ހިލޭ.
- އީދަށް އަންލިމިޓެޑް މޫވީޒް: ދިރާގުއެޕްގެ އީޒޯން މެދުވެރިކޮށް ލަޔަންސްގޭޓް ޕްލޭ އެކްޓިވޭޓްކުރާ ފަރާތްތަކަށް ފިލްމު ބަލާލުން މުޅިން ހިލޭ.