ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް ގެނެސް ދެކުނު ކޮރެއާގެ ސީރީޒް "ސްކުއިޑް ގޭމް" ސީޒަން 3ގެ ޓްރެއިލާ އެންމެ ފަހުން ރިލީޒް ކޮށްފި އެވެ.

މީގެ ކުރީގެ ދެ ސީޒަންއެކޭ އެއްގޮތަށް ސްކުއިޑް ގޭމްގެ ތިންވަނަ ސީޒަންއަކީ ވެސް ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިގަންނާނެ އެތައް ކަމެއް ހިމެނޭނެ އެވެ.

މިހާރު ރިލީޒް ކުރެވިފައިވާ ޓްރެއިލާގައި ވެސް އެފަދަ އެތައް ކަމެއް ފެނިގެންދެ އެވެ. އެގޮތުން 456 ވަނަ ކުޅުންތެރިޔާއާއި ޝޯގެ ގޮތް ނޭނގޭ "މޫނު"ގެ ކުރިމަތިލުމެއް މި ސީޒަންގައި ފެންނާނެ ކަމަށް ބެލެވެ އެވެ.

https://youtu.be/zgGTVaG2UiQ

އެއާއެކު މި ސީޒަންގައި ފެނިގެންދާ ގޭމްތަކަކީ ވެސް ކުރީގެ ދެ ސީޒަންގައި ފެނުނު ގޭމްތަކަށްވުރެ ނުރައްކާތެރި އަދި ބިރުވެރި ގޭމްތަކެއްކަން ވެސް ޓްރެއިލާއިން އެނގިގެންދެ އެވެ.

2021 ވަނަ އަހަރު ފެށި މި ސީރީޒްގެ ފުރަތަމަ ސީޒަންއަކީ ނެޓްފްލިކްސްގައި ދެވަނައަށް އެންމެ ގިނަ މީހުން ބެލި ސީރީޒްއަށްވާއިރު އެ ސީރީޒްގެ ދެވަނަ ސީޒަން އޮތީ އެ ލިސްޓުގެ ތިންވަނައިގަ އެވެ. އެންމެ ކުރީގައި އުޅެނީ "ވެނިސްޑޭ"ގެ ސީޒަން 1 އެވެ.

މިމަހުގެ 27 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ސްކުއިޑް ގޭމްގެ ތިންވަނަ ސީޒަން އަކީ އެ ސީރީޒްގެ އެންމެ ފަހު ސީޒަން އެވެ.