ހޮލީވުޑްގެ މަޝްހޫރު ބިރުވެރި ފިލްމު ފްރެންޗައިޒް "ސްކްރީމް"އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބަތަލާ ހޭޑަން ޕެނެޓިއާ އުމުރުން އެންމެ 36 އަހަރުގައި މަރުވެއްޖެ އެވެ.
އެމެރިކާގެ މީޑިއާތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާ މަރުވިކަން އޭނާއާ ގާތް ފަރާތްތަކުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. މި ހަބަރާއެކު ހޮލީވުޑްގެ ފަންނާނުންނާއި އޭނާގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ސިހުމަކާއި ފުން ހިތާމައެއް ލިބިފަ އެވެ.
ކުޑަ ކުއްޖެއްގެ ގޮތުގައި ހޮލީވުޑަށް ވަދެ އެކްޓިންގް ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ހޭޑަން ވަނީ މުޖުތަމައުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފަ އެވެ.
ހާއްސަކޮށް، ސައި-ފައި ސީރީޒް "ހީރޯސް"ގައި އޭނާ ދައްކުވައިދިން ކްލެއާ ބެނެޓްގެ ރޯލުންނާއި، މިއުޒިކަލް ޑްރާމާ ސީރީޒް "ނޭޝްވިލް" ގައި ޖުލިއެޓް ބާންސްގެ ރޯލުން އޭނާއަށް ވަނީ ބޮޑު މަގުބޫލު ކަމެއް ލިބިފަ އެވެ. މި ރޯލުތަކުގެ ސަބަބުން އޭނާއަށް މަޝްހޫރު އެވޯޑުތަކުގެ ނޮމިނޭޝަންތައް ވެސް ލިބިފައިވެ އެވެ.
ފަންނާނެއްގެ ގޮތުގައި އޭނާ ކާމިޔާބީތައް ހޯދަމުންދިޔަ ނަމަވެސް، އަމިއްލަ ދިރިއުޅުމުގައި އޭނާއަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ފާއިތުވި އަހަރުތަކުގައި އޭނާ ވަނީ ނަފްސާނީ ދަތިތަކާއި، ޕޯސްޓްޕާޓަމް ޑިޕްރެޝަންގެ އިތުރުން މަސްތުވާތަކެއްޗާއި ރަލަށް ދެވިހިފުމުގެ މައްސަލަތަކާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ކޮށް ފައެވެ. މިކަންކަމަކީ އޭނާގެ ހަޔާތަށް ވަރަށް ބޮޑު ހީނަރުކަމެއް ގެނައި ކަންކަމެވެ.
ހޭޑަންގެ މަރަށް މެދުވެރިވި މައިގަނޑު ސަބަބަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާއި، ދިރިއުޅުމުގައި ކުރިމަތިވި ނުތަނަވަސްކަމުގެ ސަބަބުން ކުރިމަތިވި ސްޓްރެސް އަދި މާޒީގައި އޭނާ ތަހައްމަލު ކުރަމުންދިޔަ ސިއްހީ އަދި ނަފްސާނީ ހާސްކަން ކަމަށް ގަބޫލު ކުރެވެ އެވެ.
މީގެ ކުރިން ވެސް އޭނާގެ އަމިއްލަ ނަފްސަށް އެކި ކަހަލަ ގެއްލުންތައް ލިބިފައިވާކަން އޭނާ އަމިއްލައަށް މީޑިއާތަކުގައި ހާމަ ކޮށްފައިވެ އެވެ.
މީގެ އިތުރުން ވެސް އޭނާ މަރުވީ ޑްރަގް އޯވާޑޯޒް ވެގެން ކަމަށް ވެސް ހޮލީވުޑްގެ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާއެކު މުޖުތަމައުގައި މަޝްހޫރު ފަންނާނުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ކިހާ މުހިންމު ކަމެއްކަން ވަނީ ހަނދާން ކޮށްދީފަ ވެ.
ހަލަބޮލި ދިރިއުޅުމުގައި ކަސްރަތަށް ވަގުތު ހުސް ނުކުރެވެނީތަ؟
މުޅިން އާ ވާހަކައަކާއެކު "ޕްރިންސަސް ޑައިރީސް 3" އަންނަނީ!
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި