ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ގާއިމްކުރާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި އިމާރާތް ކުރާ އެ ހޮސްޕިޓަލަށް ދީފައިވާ ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެވެ.
މުއްތަލިބު ވިދާޅުވީ ކުރިއަށް ދެންއޮތީ އެ ހޮސްޕިޓަލްގެ ޑިޒައިންނިންގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ނިމުމުން ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ޗައިނާއިން ފަންޑުކުރާ މަޝްރޫއަކަށްވާތީ އެ މަސައްކަތް ކުރާނީ ޗައިނާގެ ކޮންޓްރެކްޓަރެކެވެ.
އްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ ވިދާޅުވީ 112 އެނދުގެ އެ ހޮސްޕިޓަލަކީ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލަކަށްވާނެ ކަމަށެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
