ނިއުދިއްްލީ (ޖޫން 7) - އިންޑިއާގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރި، ފާއިތުވި 24 ގަޑިއިރު ތެރޭގައި 4 މީހުން މި ބަލީގައި މަރުވެއްޖެ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއިން ބުނީ ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 5,364 އަށް އަރާފައިވާ ކަމަށާއި ކެރެލާއިން ދެ މީހުންނާއި ކަރްނަޓަކާ އިން އެކަކު އަދި ޕުޑުޗެރީ އިން އެކަކު މި ބަލީގައި މަރުވެފައިވާ ކަމަށެވެ.

މި ބަލި އެންމެ ގަދަޔަށް ފެތުރެނީ ކެރެލާގައި ކަމަށްވާއިރު، މިގޮތުން މި ސަރަހައްދުން ހުކުރު ދުވަހާއި ހަމައަށް 1,600 ކޭސް ވަނީ ފެނިފަ އެވެ. ކެރެލާގެ އިިތުރުން ދެން މި ބަލި އެންމެ ހަލުއިކަމާއެކު ފެތުރެމުން ދަނީ ގުޖުރާތާއި، ވެސްޓް ބެންގަލް އަދި ދިއްލީގަ އެވެ. މިގޮތުން ދިއްލީ އިން ވަނީ ކޮވިޑުގެ 592 ކޭސް ފެނިފަ އެވެ.

މި ސަރަހައްދުތަކުގެ އިތުުރުން ވެސް މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ހިމާޗަލް ޕްރަދޭޝް އިން ވެސް ވަނީ 82 އަހަރުގެ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ރިޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން ވެސް މަހަރާޝްތުރާ އާއި ޕަންޖާބާއި ޝައްޓިސްގަރުގައި ވެސް ކޮވިޑު އަންނަނީ ހަލުއިކަމާއެކު ފެތުރެމުންނެވެ.