ހައްޖުގެ އަޅުކަން އަދާކޮށް ރާއްޖެ އެނބުރި އަންނަ ހައްޖުވެރިންނަށް މަރުހަބާކިޔުމަށް އެއާޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފި އެވެ.
ސިއްހީ މާހިރުން ކުރައްވާފައިވާ އިލްތިމާސްތައް ތިރީގައި މިވަނީއެވެ.
ޑރ. އިބްރާހީމް އިޔާޒުގެ އިލްތިމާސްތައް:
• ހައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ބޭއްވުމުން ދުރުހެލިވުން
• ޚާއްސަކޮށް ފުރަތަމަ ހަފުތާގައި ގިނަ މީހުން އަދި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުން
• ރޯގާގެ އަލާމާތްތައް ހުރި މީހުން މާސްކު އެޅިނަމަވެސް މީހުން ގިނަ ތަންތަނަށް ނުދިއުން
• ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުން
އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތުގެއިލްތިމާސްތައް:
• ހައްޖުން އެނބުރި އަންނަ މީހުން ރޯގާ ޖެހިފައިވާނަމަ މާސްކު އަޅައިގެން އައުން
• ރާއްޖެ އައިސް 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުން، ނޭވާ ދަތިވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދުން
• ޑޮކްޓަރަށް ދައްކާއިރު ހައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މަޢުލޫމާތު ދިނުން
ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުންފެށިގެން ހަތަރު ދުވަހެއްގެ މަތިން ހަތަރު ފްލައިޓެއްގަ އެވެ. މި ދަނޑިވަޅުގައި އެ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުކުރުމަކީ އެންމެންގެވެސް ޒިންމާއެެކެވެ.