ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ހޮލީވުޑްގެ އެކްޝަން ފިލްމު "ސުޕަ މޭން"ގެ ޓްރެއިލާ އެންމެ ފަހުން އާއްމުންނަށް ދޫކޮށްލައިފި އެވެ.
ޑޭވިޑްު ކޮރެންސްވެޓް "ސުޕަ މޭން"ގެ ގޮތުގައި ފެނިގެންދާ އެ ޓްރެއިލާއިން ބެލުންތެރިން ޝައުގުވެރިވާ ފަދަ ގިނަ ކަންތައްތަކެއް ފެނިގެންދެ އެވެ.
"ސުޕަމޭން"ގެ ޓްރެއިލާ ފެށިގެން އަންނަނީ އުސް އިމާރާތެއް ބިމާ ހަމަވާ މަންޒަރުންނެވެ. އެއާއެކު މީހުން ސަލާމަތްކުރަން ސުޕަމޭން އަވަސްވެގަނެ އެވެ.
އެއާއެކު ދެން ފެނިގެންދަނީ އެ ހާދިސާގެ ތެރެއިން ނިކޮލަސް ހޯލްޓް ކުޅެދޭ ވިލަންގެ ކެރެކްޓަރާއި ސުޕަމޭން ބައްދަލުވެ ދެކެވޭ ވާހަކަ އެކެވެ.
މާ ގިނައިރެއް ނުވެ ދެ ފަރާތުގެ ކުރިމަތިލުން ފެށޭއިރު އެ ކުރިމަތިލުމުގެ ތެރެއިން ފިލްމުގެ އަންހެން ލީޑު އަދި ސުޕަމޭންގެ ލޯބިވެރިޔާގެ ގޮތުގައި ރޭޗަލް ބޮސްނަހާން ފެނެ އެވެ.
ސުޕަމޭންގެ އެނިމޭ ކާޓޫނަށް ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވެސް ތަރުހީބު ލިބުނުއިރު އެ ފިލްމުގެ ލައިވް އެކްޝަންއަށް ވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
ޖޭމްސް ގަން ޑައިރެކްޓް ކޮށްދީފައިވާ އެ ފިލްމު ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ.