މޭކަޕް ކުރުމާއި ހެއާ އަދި ހިޖާބް ސްޓައިލިންއަކީ މިހާރު ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތެއް. އެ ދާއިރާއަށް ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ތައާރަފްވޭ. މި ހަފްތާގެ 10 ސުވާލު މި ހާއްސަ ކޮށްލަނީ ކުރިއަރަމުން އަންނަ މޭކަޕް އާޓިސްޓް ލައްލަ އަށް.

1. މޭކަޕް އަދި ސްޓައިލިންއަށް ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟

ޖަވާބު: ވަރަށް ކުޑައިރުން ފެށިގެން މޭކަޕް ކުރަން ވަރަށް ޝައުގުވެރިވޭ. އެކަމަކު ހެއާ ސްޓައިލިންއަށް ޝައުގުވެރިކަން އުފެދުނީ ކޮލެބޮރޭޝަން ޝޫޓް ކުރަން ފެށި ފަހުން.

2. މޭކަޕް ކުރަން ދަސްކުރީ ކިހިނެއް؟

ޖަވާބު: އަމިއްލަ މޭކަޕް ކުރަމުން ގޮސް ދަސްވީ. ދެން ބައެއް ޓިޕްސް ދަސްކުރީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެން. ފަހުން ފަސް ދުވަހުގެ ކުރު ބްރައިޑަލް މޭކަޕް ކޯހެއް ހެދިން ލަންކާއިން،

https://www.instagram.com/p/DHDuvfAR9bb/?img_index=2&igsh=MWpoMDRvOGx3YXR4ag==

3. މިހާރު ދެނީ ކޮން ކަަހަލަ ޚިދުމަތްތަކެއް؟

ޖަވާބު: ބްރައިޑަލް މޭކަޕް، ހެއާ ސްޓައިލިން އަދި ހިޖާބް ސްޓައިލިންގެ އިތުރުން ގްރޫމް ޓަޗް އަޕް. އަދި ތަފާތު ހަފްލާތަކަށް ވެސް މޭކަޕް، ހެއާ އަދި ހިޖާބް ސްޓައިލް ކޮށްދެން.

4. އެންމެ ފަހުގެ މޭކަޕް ޓްރެންޑްތަކަކީ ކޮބާ؟

ޖަވާބު: ޑާކް ޗެރީ ލިޕްސް ނޫނީ ޗެރީ މޭކަޕް. ސެއިންްޓް ސްކިން އަދި ގްލިޓާ ރިވައިވަލް މޭކަޕް. މި ނޫންވެސް ބައިވަރު.

5. އެންމެ ކަމުދާ ކޮސްމެޓިކް ބްރޭންޑަކީ ކޮބާ؟

ޖަވާބު: ކަމުދާ ވަރަށް ބައިވަރު ބްރޭންޑްތައް އެބަހުރި. އޭގެ ތެރެއިން އެންމެ ގިނައިން ބޭނުން ކުރެވެނީ ހުދާ ބިއުޓީ. މި ބްރޭންޑްގެ އުފެއްދުންތަކަކީ ގިނަ ކަސްޓަމަރުންގެ ހަމާ ގުޅޭ އުފެއްދުންތަކެއް.

https://www.instagram.com/p/DKSzBovTYIJ/?img_index=2&igsh=NTl0c3JxeWZvbWsw

6. އެންމެ ކުރާހިތްވަނީ ކޮންކަހަލަ މޭކަޕް އެއް؟

ޖަވާބު: ހުރިހާ ވައްތަރެއްގެ ވެސް މޭކަޕްކުރާ ހިތްވޭ. އޭގެ ތެރެއިން ފާހަގަ ކޮށްލަން ބްރައިޑަލް މޭކަޕް އަދި ތަންކޮޅެއް ތަފާތު ކްރިއޭޓިވް ލުކްސް.

7. ކަސްޓަމަރުންނަށް ހިދުމަތް ދޭއިރު އެންމެ ސަމާލުކަންދޭ ކަމަކީ ކޮބާ؟

ޖަވާބު: އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެ ކަސްޓަމަރަކު ބޭނުންވާ ގޮތަށް ފައިނަލް ލުކް ގެނެސްދެވޭތޯ.

8. މިހާތަނަށް ކުރެވުނު ފާހަގަކޮށްލެވޭ މަސައްކަތެއް އެބަ އޮތްތަ؟

ޖަވާބު: ކޮލެބޮރޭޝަން ގިނަ ޝޫޓްތަކަށް ކޮށްދީފަ ހުންނަ މޭކަޕްތަކަކީ އަސްލު ވަރަށް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް.

https://www.instagram.com/p/DFfaB6xS34H/?igsh=MWhrZnJobHgxdnFlbA==

9. މަސައްކަތުގައި ލިބޭ އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟

ޖަވާބު: އެންމެ ބޮޑު ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ފީޑްބެކް. އެއީ މި ދާއިރާއިން ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރު.

10. މަސައްކަތުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟

ޖަވާބު: މޭކަޕް ކުރަން ބޭނުންވާ ގިނަ ބްރޭންޑްތަކުގެ އުފެއްދުންތައް ރާއްޖެއިން ލިބެން ނެތުން. ގިނަ އެއްޗެހި ގެންނަން ޖެހެނީ ރާއްޖެއިން ބޭރުން. އެއީ ވަރަށް އުނދަގޫ ކަމެއް.