މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާން ދީފައިވާ މައްސަލާގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަހުމަދު އެ މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު ތަހުގީގަށް ދޮގު ބަޔާން ދިންކަން ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުން އެނގެން އޮންނާތީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓްގައި ވަނީ ފުލުހުންގެ ތަހުގީގަށް ދާއޫދު ދިން ބަޔާނާއި ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރި ކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން މިނިސްޓަރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު ބުނިނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވި ބަޔާނުގައި ދާއޫދު ގުޅައި މެސެޖުކުރި ކަމަށް ވިދާޅުވެފައިވެއެވެ.

މިސައިލްތަކާ ބެހޭގޮތުން ޓްރަމްޕް ކުރި ދައުވާއަށް ތާއީދެއް ނެތް
ގާސިމް މާމިގިލީގައި ބިނާކުރި ބޮޑު މިސްކިތް ހުޅުވައިފި
ގައުހަރުގެ ހަގު ދަރިފުޅުގެ ފެނިލުމެއް!
