އެފްއޭއެމުން ކްލަބްތަކަށް ދޫކޮށްފައިވާ ފައިސާގެ މައުލޫމާތު ހޯއްދަވަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެދިވަޑައިގެންފި އެވެ.
އެފްއޭއެމުން ކްލަބްތަކަށް ދިން ފައިސާ އެ ކްލަބްތަކުގެ އިސް ވެރިން އަމިއްލަ އެކައުންޓްތަކަށް ޖަމާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު އެފްއޭއެމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެފްއޭއެމުން ކްލަބްތަކަށް ދޫކުރި ފައިސާ ކްލަބްތަކުން ނުވަތަ ކްލަބްތަކުގެ މެންބަރުން އަމިއްލައަށް ބޭނުންކޮށް ހިޔާނާތްތެރިވި ކަމުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
ވީމާ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެފްއޭއެމުން ކްލަބްތަކަށް ފޮނުވި ފައިސާގެ ހުރިހާ ތަފުސީލަކާއި ފައިސާ ޖަމާކުރި އެކައުންޓްތަކުގެ މައުލޫމާތާއި ކްލަބްތަކުން އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފުސީލު ވެސް ހިއްސާ ކުރުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް ކްލަބަކަށް އެސޯސިއޭޝަނުން ފިޔަވަޅެއް އަޅާފައިވާނަމަ އެ ފިޔަވަޅުގެ މައުލޫމާތު ވެސް ދެއްވުމަށް ތޮލާލްގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އީރާނުގެ އިންޓަނެޓް އިއާދަކުރަން އެންގި ރިޔާސީ އިދާރާ ސަސްޕެންޑް
ދިވެހިންގެ އީދު ބޮޑު މަސް: އެހާރާއި މިހާރު!
އީރާނުން ރައްދުގައި އެމެރިކާގެ ބޭސްއަކަށް ހަމަލާދީފި
