ހިޖުރީ އާ އަހަރާ ގުޅިގެން މާތްވެގެންވާ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފި އެވެ.
އާ ކިސްވާއަކީ 670 ކިލޯ ގްރާމްގެ ކަޅު ފަށުއިން ހަދާފައިވާ ކިސްވާ އެކެވެ. މި ކިސްވާގައި 150 ކިލޯ ގްރާމްގެ ރަނާއި ރިހި ރޮދި ގުރުއާނުގެ 68 އާޔަތް ލިޔެފައިވެ އެވެ.
ފުޅާ މިނުގައި 658 ސްކުއެއާ މީޓަރު ހުރި މި ކިސްވާ އުފެއްދުމަށް 4.5 މިލިއަން ވަނީ ހަރަދުކޮށްފަ އެވެ.
ގެފުޅުގެ އުރަކޮޅު ބަދަލު ކުރެވުމުން، ކުރީގެ އުރަކޮޅު ސާފު ކުރުމަށްފަހު 56 ބަޔަށް ބަހާލެވެ އެވެ. އެއަށްފަހު ރަސްކަލުންނަށާއި، ގައުމުގެ ތަކުގެ ވެރިންނަށާއި، އެމްބަސިޑަރުންނަށާއި ދީނީ އެކިއެކި މުއައްސަސާތަކަށް ހަދިޔާ ކުރެވެ އެވެ. އަދި އޭގެ ބައެއް ތާރީހަށްޓަކައި ރައްކާވެސް ކުރެ އެވެ.
މައްކާގެ އާދަކާދަތަކުގެ ތެރޭގައި ހިމެނޭ މި ކަމަކީ އެންމެ ފުރަތަމަ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރަމުން އައީ އަހަރަކު ދެފަހަރުގައެވެ. އޭގެ ފަހުން އަހަރަކު ތިން ފަހަރު ގެފުޅުގެ އުރަކޮޅު ލައްވަމުން އައިސް،އޭރު ގެފުޅުގެ އުރަކޮޅު ނުނަގައި މަތިމައްޗަށް ލަމުން އައުމަށް ފަހުގައި އެކަން ބަދަލު ކުރެއްވީ، އުސްމާނީ ހިލާފަތުގެ ދުވަސްވަރު ހަލީފާ ނާސިރެވެ.
ގެފުޅުގެ އުރަކޮޅު ހައްޖުދުވަހު ބަދަލުކުރަމުން އައި ނަމަވެސް ކޮންމެ ހިޖުރީ އައު އަހަރަކާ ގުޅުވައި ގެފުޅުގެ "ކިސްވާ" ނުވަތަ އުރަކޮޅު ބަދަލުކުރުމަށް ސައުދީ ސަރުކާރުން ނިންމީ 2022 ވަނަ އަހަރު އެވެ.