މަޝްހޫރު ކޮރެއަން ސީރީޒް ސްކުއިޑް ގޭމްގެ ސީޒަން 3 ނެޓްފްލިކްސްގައި ރިލީޒް ކުރެވިފައިވާއިރު ގިނަ ބަޔަކު މިހާރު ވެސް ވަނީ އާ ސީޒަން ބަލާ ނިންމާފަ އެވެ.

ތިޔައީ ސްކުއިޑް ގޭމް ކަމުދާ ފަރާތެއް ނަމަ އެފަދަ އެހެން ސީރީޒްތައް ބަލަން ޝައުގުވެރިވާނެ ކަން ވެސް ޔަގީނެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ސީރީޒްތަކަށެވެ.

1. އެލައިސް އިން ބޯޑާލޭންޑް (ނެޓްފްލިކްސް)

ޖަޕާނުގެ މި ސައިފައި ތްރިލާ ސީރީޒްއިން ދައްކުވައިދޭނީ ހަނަފަސްވެފައިވާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ދިރިތިބުމަށް ކަޑައްތު ކުރަންޖެހޭ ނުރައްކާތެރި އަދި އުނދަގޫ "ގޭމް"ތަކެކެވެ. މިއީ ސަސްޕެންސް އުފެއްދުންތަކަށް ލޯބިކުރާނަމަ "ބިންޖް" ކުރަން ރަނގަޅު ސީރީޒް އެކެވެ.

2. 3% (ނެޓްފްލިކްސް)

މުއްސަނދިކަމާއި ފަގީރުކަމުގެ ހަނގުރާމައެއްގެ ތެރެއިން ދިރިތިބުމަށް ކުރާ މަސައްކަތް ފެންނަ ބްރެޒިލްގެ މި އުފެއްދުމަކީ މިހާރުވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ސީރީޒް އެކެވެ. މި ހަނގުރާމައިން ސަލާމަތްވަނީ އެންމެ %3 މީހުން ކަމަށްވެ އެވެ.

3. ދަ ޗެލެންޖް (ޕެރެމައުންޓް)

ގަދަ ހިފުމެއްގައި ބައިވެރިން އެކަކު އަނެކަކާ ކުރިމަތިލާ މި ސީރީޒްއަކީ ބެލުންތެރިންގެ ޝައުގުވެރިކަން އެއް ފަހަރުން ދަމައިގަންނާނެ ސީރީޒް އެކެވެ. ސްކުއިޑް ގޭމްއާ ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރި ނަމަވެސް ޝޯގެ ޕްރެޝަރު ހަމަ އެއްފަދަ އެވެ.

4. ޕެނިކް (ޕްރައިމް ވީޑިއޯ)

އާއްމު ދިރިއުޅުމުގެ އާދަކާދައިން ސަލާމަތްވެ ފައިސާއާއި ބާރު ހޯދުމަށް ސިއްރު ގޭމެއްގައި ބައިވެރިވާ ފުރާވަަރު ކުދިންތަކެއްގެ ވާހަކައަކީ މަޖާ ވާހަކެއެއް ކަމުގައި ހީވެދާނެ އެވެ. އެހެން ނަމަވެސް އެކަން ބަދަލުވަނީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

5. ދަ 100 (ނެޓްފްލިކްސް)

ފަނާވެފައިވާ ދުނިޔެއެއް އަލުން އާރާސްތު ކުރަން ޖައްވުން އަންނަ ފުރާވަރު ކުދިންތަކެއްގެ މި ދަތުރުގައި އެކުވެރިކަމާއި އިތުބާރާއި ޔަގީން ކަމުގެ އިމްތިހާނެއް ފެނިގެންދެ އެވެ.