މާލޭގައި ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ދޮރު ވައްޓާލައިގެން ވަދެ ސަލާމަތްކޮށްފި އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 6:00 ހާއިރު އެވެ.

ފުލުހުން ބުނި ގޮތުގައި، ހުއްދަ ނޫން ގޮތަކަށް ބަންދުކޮށްފައި ހުރި ބަންގްލަދޭޝްގެ ފިރިހެނަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެ މީހާ ސަލާމަތްކޮށްފައި ވަނީ އެ މީހާ ބަންދުކޮށްފައި ހުރި އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އެވެ. މި ހާދިސާ ހިނގި ގެއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ސަލާމަތްކުރި ފިރިހެނާއަށް ބޭރުފުށުން ފެންނަ ވަރުގެ އެއްވެސް އަނިޔާއެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ.

މިވަގުތު އޭނާ ވަނީ އައިޖީއެމްއެޗަށް ގެންގޮސް، ސިއްހީ ހާލަތު ބެލުމުގެ މަސައްކަތް ފަށާފަ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.