މި ހަފްތާގައި ހުރިހާގެ ދިހަ ސުވާލު މި ހާއްސަ ކޮށްލަނީ ޕްރެންޖިޕާން ކުކްސްގެ ނަމުގައި ދިވެހިންނަށް ތިރަމިސޫގެ މީރުރަހަ ގެނެސްދޭ އައިޝަތު އަނޫޝާ ޖަމީލް ( އަނޫ ) އަށެވެ.

1. ފްރެންޖިޕާން ކުކްސް މީ އަސްލު ކިހިނެތް އުފެދުނު ނަމެއް؟

ޖަވާބު: ފްރެންޖިޕާން ކުކްސް މިީ ބިޒްނަސް ކްރިއޭޓް ކުރުމުގެ ކުރިން ވެސް ވަރަށް ލައިކްވި ނަމެއް. ރިސޯޓްގަ އުޅުނުއިރު ވަރަށް މީރު އެއްޗެއް އާމަންޑް ކްރޮސާންޓް އަކީ. ދެން އޭގެ ތެރެއިން އާމަންޑް ފިލިންގްއަށް ކިޔާ ނަމެއް ފްރެންޖިޕާން އަކީ. އަސްލު އެއަށް ރިފްލެކްޓް ކޮށްފަ ދިން ނަމެއް އެއީ އަޅުގަނޑު ވަރަށް ގަޔާވާ އެއްޗެއްވީމަ. ދެން "ކުކްސް" އެއީ ކެއްކުކަމަށް. އަޅުގަނޑުގެ ސްޕެޝަލްޓީއަކީ ކެއްކުންކަމަށް ވާތީ

https://vt.tiktok.com/ZSBBRBJV7/

2. އަމިއްލައަށްތަ ޓްރީޓްސްތައް ހަދަން ދަސްކުރީ؟ ނޫނީ ކިޔެވީތަ؟

ޖަވާބު: ކިޔެވީ. އަނޫ ފުރަތަމަ ފެށީ ފޯސީޒަންސް ރިޒޯޓްގައި އެޕްރެންޓިސްއެއްގެ ގޮތުގައި. ދެން އަބަދުވެސް ފޮނި އެއްޗެހި ހަދަން އާއިލާ މީހުންނަށް ކަމުދާތީ. އެކަމަކު އަނޫ މީ ޕޭސްޓްރީ ޝެފެއް ނޫން. އަސްލު ސްޕެޝަލައިޒްވީ ހޮޓް ކިޗަން ދެން އިޓާލިއަން ކިޗަން އިން. ޕޭސްޓްރީއަކުން ނެއް ނުވަން. ދެން އިޓާލިއަން ކިޗަންގަ ލިބޭ ތިރަމިސޫ ކަހަލަ ޑެޒާޓްތައް ތައްޔާރުކުރަން. އެއީ އަޅުގަނޑުގެ އެންމެ ފޭވަރިޓް ޑެޒާޓް.

https://vt.tiktok.com/ZSBBRCeDQ/

3. ކުރިން ރިޒޯޓް ޝެފަކަށް ދޯ އުޅުނީ. ކިހިނެތް އެކްސްޕީރިއަންސް؟

ޖަވާބު: ވަރަށް ތަފާތު ރަނގަޅު އެކްޕީރިއަންސްއެއް އެއީ. އިންޑަސްޓްރީގެ އެންމެ މޮޅު ޗެފުންގެ ކައިރިން ދަސްކުރުމުގެ ފުރުސަތު ލިބުން ޗޭންޖްޑް އިޓް އޯލް. ފަސޭހަކަމެއް ނޫން އެކަމަކު ރިކޮމެންޑް ކުރާނަން މިކަމަށް ޕެޝަން ހުންނަ ކޮންމެ މީހަކަށް ވެސް.

4. ކޮން އެއްޗެއް ފްރެންގި ޕާނީ ކުކްސްގެ މެނޫގަ ހުންނަނީ؟

ޖަވާބު: އަދި ދެ ފްލޭވާ ހުންނަނީ. ކްލެސިކް ތިރަމިސޫ އަދި ޕިސްތާޝިއޯ ކްރީމް ތިރަމިސޫ. އަދި އިންޝާ ﷲ ކުރިއަށް އޮތް ތަނުގައި އިތުރު ފްލޭވާތައް ފެނިގެންދާނެ.

5. އެންމެ ޕޮޕިއުލާ ވީ ކޮން އެއްޗެއް؟

ޖަވާބު: އެންމެ ގިނަ މީހުންނަށް ކަމުދަނީ ކްލެސިކް ތިރަމިސޫ

https://www.instagram.com/reel/DJtfVeYzJdf/?igsh=eWdjNjQxZjV4Nm5q
https://www.instagram.com/p/DLoue-bxbsT/?igsh=MTlhMGlpdXR1cjVhag==

6. އެންމެ ހަދާ ހިތްވަނީ ކޮން އެއްޗެއް؟

ޖަވާބު: އެންމެނަށް އެހާ ކަމުދާތީ ކްލެސިކް ތިރަމިސޫ އެންމެ ހަދާ ހިތްވަނީ

7. ޑެއިލީ ޝެޑިއުލް ކިހިނެތްދަނީ؟ ކުޑަކޮށް ކިޔާ ދެވިދާނެތަ؟

ޖަވާބު: މިކަން ކުރަނީ ފުލް ޓައިމް ވަޒީފާއެއްގަ އުޅެމުން. ވަޒީފާއަށް ގޮސް، ޖިމްއަށް ގޮސް ރޭނގަޑުގެ ކެއުން ތައްޔާރުކޮށްފައި ތިރަމިސޫގެ ޕްރެޕް މަސައްކަތް ކުރަނީ. ދެން ދެ ދުވަހުން އެއްދުވަހު ވަޒީފާ ނިންމާފައި، އޯޑަރުތައް ރެޑީކޮށްފައި ޑެލިވަރީއަށް ފޮނުވާލަނީ. އެކަން ކޮށްފައި ޖިމް އަދި ކެއްކުމުގެ ކަންތައްތައް ކުރަނީ. އެއަށްފަހު ޕްރި އޯޑަރަށް ހުޅުވާލަނީ އަނެއްކާ ވެސް. އާދިއްތަ، އަންގާރަ، ބުރާސްފަތި މީ ޕްރީއޯޑަރަށް ހުޅުވާލާ ދުވަސްތައް.

8. ވަރަށް ފަހުން މޯލްޑިވްސް އެކްޕޯގައި ބައިވެރިވިން ދޯ؟ ކިހިނެތް އެކްސްޕީރިއެންސް؟

ޖަވާބު: އެކްސްޕޯ އެއީ ހަމަ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. އަމިއްލައަށް ކުރަން ވަރަށް ބިޒީކަމެއް. ވަރަށް ރަނގަޅު ކަސްޓަމާސްއާ ދިމާ ވީމަ. އޯވަރޯލްކޮށް ވަރަށް ސަޅި އެކްސްޕީރިއަންސެއް.

9. ބިޒްނަސް އިތުރަށް ފުޅާ ކުރަން ވިސްނަންތަ؟

ޖަވާބު: ކުރިއަށް އެބަހުރި ފުޅާކުރުމުގެ ވިސްނުން.

https://www.instagram.com/p/DGA5YuBpHWf/?igsh=enJrYmc4eGJvN3Vt

10. މި ބިޒްނަސްގައި އެންމެ ބޮޑު ސަޕޯޓެއް ދެނީ ކޮން ބައެއް؟

ޖަވާބު: އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އާއިލާއާ ރައްޓެހިންގެ ފަރާތުން. ރައްޓެހިން މެންޓަރުންގެ ގޮތުގައި ވަރަށް ހިތްވަރުދޭ އަދި ގައިޑެންސްދޭ ހުރިހާ ކަމެއްގައި.