އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާއާއި އޭނާގެ އަންހެނުން ގިނީ ޗަތުރާތުގެ ރެސްޓޯރެންޓެއް ކެނެޑާގެ ސަރޭގައި ހުޅުވައިފި އެވެ.
"ކެޕްސް ކެފޭ"ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު އެ ރެސްޓޯރެންޓް ހުޅުވިއިރު ކަޕިލް ވަނީ އެތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.
މަޑު ފިޔާތޮށްޓާއި ފެހި ފަދަ ޕޭސްޓަލް ކުލަތަކުން އިންޓީރިއާ ޒީނަތްތެރި ކޮށްފައިވާ އެ ރެސްޓޯރެންޓްގައި އިންޑިއަން ކުއިޒިންގެ އިތުރުން ބައިނަލްއަގްވާމީ ކެއުންތައް ވެސް ލިބެން ހުންނާނެ އެވެ.
ކެޕްސް ކެފޭގެ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އެ ރެސްޓޯރެންޓަކީ ހިތްގައިމު މާހައުލެއްގައި ތިބެ ރަހަމީރު ކެއުންތަކަށް އިންސާފު ކޮށްލެވޭނެ ތަނެއް ކަމަށެވެ.
ކަޕިލްގެ ރެސްޓޯރެންޓް ހުޅުވުމާއެކު އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް މަރުހަބާ ކިޔައި ސާބަސް ދެމުންނެވެ.
"ދަ ކަޕިލް ޝަރްމާ ޝޯ" އަދި "ކޮމެޑީ ނައިޓްްސް ވިތު ކަޕިލް ޝަރްމާ" ފަދަ ޝޯތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ކަޕިލް ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިފަ އެވެ.
"ބާބީ 2"ގެ ކުރިމަގު ނޭނގުމެއްގެ ތެރޭގައި!
ރޭގެ މުޒާހަރާގައި ރައީސް ނަޝީދަށް ސެކިއުރިޓީ ނުދިން
މިއަދު މެންދުރު ފަހުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ: މެޓް