ދަރަނިވެރިވެ ބަނގުރޫޓްވާން ކައިރިވެފައިވާ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އައްޔަންކޮށްފި އެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފެނަކައިގެ ޗެއާމަން ކަމަށް އަލަށް އައްޔަން ކުރި ޝާމަށް މަރުހަބާ ދަންނަވާފަ އެވެ.
އެ ކުންފުނީގެ ޗެއާމަން ކަމުގައި މިހާތަނަށް ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. އޭގެކުރިން ފެނަކައިގެ ޗެއާމަން ކަމުގައި ހުންނެވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރެވެ.
އައިވީއެފްގައި ދަރިފަންޏާއި ބިސް އޮޅުވާލުމުން ދައުވާ ކޮށްފި
ޗިސްމޭގެ ކެންސަރަށް ކާމިޔާބު ފަރުވާއެއް ހޯދައިފި
އަސްކަރީ މަނަވަރުތައް އީރާނު ވަށާލައިގެން ބިރެއް ނުދެއްކޭނެ
