ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް، މިދިޔަ ބުރާސްފަތު ދުވަހު މީހާގެ ހަށިގަނޑު 3 ދުވަސް ފަހުން ފެނިއްޖެ އެވެ.
ކުޑަ ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނީ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވަނީ އެ އަތޮޅު ގަމަށް ލައްގާފައި ވަނިކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ އާންމުންގެ ދެ މީހަކަށެވެ.
ފުލުހުންގެ ފޮރެންސިކް ޓީމެއް މިހާރު ހަށިގަނޑު ފެނުނު ސަރަހައްދަށް ދަތުރު ކުރަމުންދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދާއިރު އޭނާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އިއްޔެ ވަނީ ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ފެނިފަ އެވެ.
ތީގެން އެގެނީ ހޯދުނުލެއް ފުރިހަމަކަމާ ސިފައިންނަށް ލިބިފައިވާ ޓުރޭނިންނާއި ވަސީލަތްތައް ނޫންތޯ ދިވެހީންގެ ރާއްޖޭގެ ކަންކަން
ރިޕްލައި