ބައެއް މީހުން އަބަދުވެސް ވަކި ވަގުތެއްގައި ބަނޑުހައިވާތީ ޝަކުވާ ކުރެ އެވެ. އެންމެ ގިނައިން ބަނޑުހައިވާ ކަމަށް ގިނަ މީހުން ގަބޫލު ކުރަނީ ހަވީރު ވަގުތުތަކުގަ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

މެންދުރު ފަހު ބަނޑުހައިވުމަކީ ހޯމޯންއެއްގެ ސަބަބުން ކަމެކެވެ. "ހަންގާ ހޯމޯން" ނަމަކަށް ކިޔާ މިހޯމޯންއަކީ ބަނޑުހައިހޫނުކަން އިހުސާސް ކޮށްދިނުމަށާއި މިހާ ލޮޑުކޮށްލުމަށް ހަށިގަނޑުން އުފައްދާ ހޯމޯންއެކެވެ.

މިހޯމޯންގެ ސަބަބުން ކެއުމަށް ބާރުއަޅަަ އެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މި ހޯމޯން ބޮޑަށް ހަށިގަނޑުގެ ތެރެއަށް ދޫވަނީ ހަވީރުގެ ވަގުތުތަކުގަ އެވެ. ވަކިން ޚާއްސަކޮށް އިރުއޮއްސޭ ގަޑީގަ އެވެ.

މީހާގެ ހަށިގަނޑަށް އިރުއޮއްސޭ ވަގުތު ވަރުބަލިކަން އިޙްސާސް ވަނީ މި ސަބަބާ ހުރެ އެވެ. އެހެން ކަމުން މެންދުރުފަހު ކޮންމެވެސް ވަރަކަށް ކެއުން ބުއްދިވެރި އެވެ. އެގޮތުން އިރުއޮއްސޭ ވަގުތު މާގިނައިން ކެއުމުން ދުރުވެވޭނެ އެވެ.

މިވަގުތު ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. ސަބަބަކީ މިވަގުތު މާގިއިން ކައިފިނަމަ ހަށިގަނޑު ފަލަވެ، އިތުރު ބަލިތަކާއި ކުރިމަތި ލާންޖެހިދާނެތީ އެވެ.

ކެއުމަށް ސަމާލުވުމުގެ އިތުރުން މިވަގުތު ކަސްތަރު ކޮށްލުމަކީވެސް ބުއްދިވެރިކަމެކެވެ ކަމެކެވެ. މިވަގުތު ހަށިގަނޑުން ތަފާތު އެތައް ހޯމޯނެއް ބޭރު ކުރާނެ އެވެ.