ދެކުނު ކޮރެއާގެ ޑްރާމާތަކުން އާއްމުކޮށް ފެންނަ ޒުވާން ބަތަލާ ކަންގް ސިއޯ ހާ މަރުވެއްޖެ އެވެ.
އޭނާ މަރުވެފައިވަނީ 14، ޖުލައި އާދީއްތަ ދުވަހު އެވެ. އޭނާ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކަންގް ދާއިރާއަށް ފުރަތަމަ ނުކުތީ 2012 ވަނަ އަހަރު ނެރުނު މިއުޒިކް ވީޑިއޯއަކުންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އޭނާގެ ރަސްމީ ފުރަތަމަ ފިލްމް ސިއޯނަމް ގާލްސް ހައިސުކޫލް އިންވެސްޓިގޭޓާސް ކުޅެފައި ވެއެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ކަންގް ވަނީ މަޝްހޫރު ގިނަ ކޭ-ޑްރާމާ ތަކުން ފެނިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި އެސެމްބްލީ، ދަ ފްލާވާ އިން ޕްރިޒަން އަދި ފަސްޓް ލަވް އަގެއިން ފާހަގަކޮށްލެ ވެއެވެ.
ކަންގްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި ހަމަން ޕްރޮވިންސްގަ އެވެ.

އޫކްލާ ސްޕީޑް ޓެސްޓުން ދޭ ބެސްޓް 5ޖީ ނެޓްވޯކްގެ އެވޯޑް ދިރާގަށް
ކައުންސިލްތައް ބަދުނާމު ކުރަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން
އީރާނުގެ ފޮނުވާ މިސައިލްތައް މިހާރު މަދުވެއްޖެ: އެމެރިކާ