އިންޑިއާގެ ޓީވީ ސީރީޒް ތަކުގެ ތެރެއިން ގިނަބައެއްގެ މަގުބޫލުކަން ލިބިފައިވާ އަނުޕާމާ ސީރީޒްއާ ޓީވީ ތަރި ރޯނިތު ރޯއީ ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.
އެ ޑްރާމާގައި އަނުޕާމާގެ ކުރީގެ ފިރިމީހާގެ ރޯލް ކުޅެމުންއައި ސުދާންޝޫ ޕާންޑޭ ނުވަތަ ވަން ރާޖް ޝާހް ވަނީ ކުއްލި ގޮތަކަށް ޝޯ ދޫކޮށްލާފަ އެވެ. މި ހަބަރާއެކު މިހާރު ފެތުރެމުންދަނީ ވަން ރާޖްގެ ރޯލަށް ކިޔުކީ ސާސްބީ ކަބީ ބަހޫތީގެ ލީޑު ރޯލް ކުޅުނު ރޯނިތު ރޯއީ ގުޅެން އުޅޭ ހަބަރެވެ.
މިކަމާއި ގުޅިގެން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެމުން ރޯނިތު ބުނީ އޭނާ އަނުޕާމާ ޝޯއާ ގުޅެން އުޅޭކަމަށް ބުނެ ދެކެވޭ ވާހަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ވަން ރާޖް ޝާހްގެ ރޯލު ނުކުޅޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އޭނާ މިހާރު ބޮލީވުޑްގައި މަސައްކަތް ކުރާއިރު، ޓީވީ ސްކްރީނަށް އައުމަށް އެ އިންޑަސްޓްރީގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ރޯނިތު ވަނީ ބުނެފަ އެވެ.
ފަހުން އަނުޕާމާގެ ފިރިމީހާގެ ރޯލް ކުޅުނު ގޯރަވް ކަންނާ ނުވަތަ އަނޫޖް ކަޕާޑިއާ އެނބުރި ޝޯއަށް އަންނާނެ ދުވަހަކަށްވެސް ފޭނުން ދަނީ އިންތިޒާރު ކުރަމުންނެވެ. ނަމަވެސް ޝޯގައި އަނޫޖު މަރުވާކަމަށް ދައްކައި އޭނާވެސް ވަނީ ޝޯއިން ވަކިވެފަ އެވެ.
 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
			މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
		 ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
			ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					