ލަންޑަނުގެ މަގެއް މަތިން ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުގެ ވީޑިއޯ ކުރި ފޭނެއްގެ ފޯނު އަކްޝޭ އަތުލާ މަންޒަރު ފެންނަ ވީޑިއޯގެ ހަގީގަތް ވީޑިއޯ ކުރި މީހާ ހާމަކޮށްފި އެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަލްވެފައިވާއިރު، ވީޑިއޯއިން ފެންނަނީ އަކްޝޭ މަގުމަތިން ހިނގާފައިދާ މަންޒަރު ވީޑިއޯ ކުރަން ހުންނަ ފޭނަކާ ދިމާލަށް އަކްޝޭ ގޮސް ރުޅިއައިސްގެ އެއްޗެއް ބުނާ މަންޒަރެވެ.
އެކަމާއި ގުޅިގެން އެ ވީޑިއޯ ކުރި މީހާ ވަނީ އަކްޝޭއާއި އޭނައާ ދެމެދު ބަދަލުކުރެވުނު މުއާމަލާތާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ. އޭނާ ބުނީ އަކްޝޭގެ ވީޑިއޯ ކުރަން ހުއްޓާ ފެނިގެން އޭނާއާ ދިމާލަށް އައިސް ފޯނު އަތުލި ކަމަށެވެ. އަތުލާފައި ތިމަންނަ މިވަގުތު ބިޒީ ކަމަށާއި އުނދަގޫ ނުކުރުމަށް އަދި ފޮޓޯއާއި ވީޑިއޯ ނުނެގުމަށް އެކްޝޭ ބުނިކަމަށް އޭނާ ބުންޏެވެ.
އެހެން އަކްޝޭ ބުނުމުން އެއަށްވުރެން ރީއްޗަށް ތިހެން ބުނެވޭނެ ކަމަށް ވީޑިއޯކުރި ފޭން ބުންޏެވެ. އަދި އަކްޝޭ އޭނާގެ އަތުން އަތުލި ފޯނު އަނބުރާ ދިނުމަށް އެދުނު ކަމަށް އޭނާ ބުނެފައި ވެއެވެ.
ނަމަވެސް ފަހުން އަކްޝޭ ފޭންގެ ފޯނު އަނބުރާ ދިނުމަށްފަހު ރީއްޗަށް ވާހަކަދައްކައި އެކުގައި ފޮޓޯއެއް ނެގުމުގެ ފުރުސަތުވެސް ދިންކަމަށް އެމީހާ ބުންޏެވެ. އޭނާވަނީ އަކްޝޭ އަކީ ރަނގަޅު މީހެއް ކަމަށް ބުނެފަ އެވެ.