އާޝިގް ބަނާޔާ އާޕްނޭ ފިލްމުން މަޝްހޫރުވި ބަތަލާ ތަނުޝްރީ ދައްތާއަށް ގޭތެރެއިން ފުރައްސާރަ ކުރަމުން ދާކަމަށްބުނެ އޭނާ ރޮމުން ވީޑިއޯއެއް އާއްމުކޮށްފި އެވެ.
ތަނުޝްރީ އާއްމުކުރި ވީޑިއޯގައި ބުނީ އޭނާގެ އަމިއްލަ ގޭތެރެއިން ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އަދި މެއިޑުން ވައްކަން ކޮށްގެ ފިލަނީ ކަމަށާއި އަދި ދޮރުގައި ތަޅާ ކޮންމެވެސް ބަޔަކު ކޮންމެ ދުވަހަކުވެސް އޭނާ އަށް އުނދަގޫ ކުރާކަމަށެވެ.
އަދި މިކަމާއި ގުޅިގެން މުމްބައި ޕޮލިހަށް ގުޅުމުން އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ މައްސަލަ ރިޕޯޓް ކުރުމަށް ބުނެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
މިވާހަކަތައް ހިއްސާ ކުރަމުން ތަނުޝްރީ ވަނީ ވީޑިއޯގައި ރޮއެފަ އެވެ.
ތަނުޝްރީ އަކީ އާޝިގް ބަނާޔާ އާޕްނޭއިން ވިދާލުމަށްފަހު ބައެއް ފިލްމުތަކުގައި މަސައްކަތް ކުރިނަމަވެސް، މިހާރު މާ ބޮޑު މަގުބޫލުކަމެއް ނެތް ތަރި އެކެވެ. މީގެ ކުރިންވެސް ތަނުޝްރީގެ ވާހަކަ ފެންމަތިވީ ހޯން އޯކޭ ޕްލީސް ފިލްމުގެ ޝޫޓިންގެ ތެރެއިން ނާނާ ޕަޓޭކަރް އޭނާއަށް ފުރައްސާރަކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުން ދިންކަމަށް ބުނެ ވާހަކަ ދެއްކުމާއި ގުޅިގެންނެވެ.
ފަހަކަށް އައިސް ތަނުޝްރީގެ އަމަލުތައް ހުންނަ ގޮތުން ބައެއް ފަރާތްތަކުން ދަނީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމާމެދު ސުވާލު އުފައްދަމުންނެވެ.
ބްރޫކްލިންގެ ޓެޓޫތައް "ގެއްލިއްޖެ"!
ސައުދީ ޕްރޯ ލީގު ދެއްކުން 'ފޮސްކް ސްޕޯޓްސް' އިން ހުއްޓާލައިފި
ޝާހްރުކް، ސަލްމާން އަދި އާމިރު އުމުރާ ގުޅޭ ފިލްމުތައް ކުޅެންޖެހޭ!