"މަޗާ"އަކީ ޖަޕާނުގައި ޚާއްސަ ގޮތަކަށް ހައްދާ ގްރީން ޓީ ސައިފަތެއް. މަޗާގެ މީރު ރަހަ ނުކުންނަކީ އެ ފަތް އުފެއްދުމުގައި ފިނި ހޫނުމިނަށް ގެނެވޭ ބަދަލެއްގެ ސަބަބުން. ދުނިޔޭގެ ކަންކޮޅުތަކަށް މަޗާ މަޝްހޫރުވެގެން ދިޔައީ ދާދި ފަހުން ކަމަށް ވިނަމަވެސް، ޖަޕާނުގައި މަޗާ ސައި ވަރަށް ކުރިއްސުރެ ވެސް ބޭނުން ކުރޭ. މިހާރު ޖަޕާންގެ މި ޚާއްސަ ސައިފަތަށް އޮތް ޑިމާންޑް ބޮޑުކަމުން އުފެއްދޭ މިންވަރު ވަރަށް ބޮޑުތަން ވަނީ ދަށަށް ގޮސްފައި. ޖަޕާނުގައި ދިގުދެމުގެން ދިޔަ ހޫނު މޫސުމާއި އާބާދީގައި ދުވަސްވީ މީހުން ގިނަވުމަކީ ވެސް މަޗާ އުފެއްދުމަށް ހީނަރުކަން އައި ސަަބަބެއް.

ގްރީން ޓީގެ ބާވަތެއް ކަމަށްވާ "މަޗާ"އަކީ ޖާޕާނުގެ ވެރިރަށް، ޓޯކިއޯގެ ހުޅަނގު އުތުރުން އޮންނަ ފަރުބަދަމަތީ ސަޔާމާ ސަރަހައްދުގެ ސައިފަތް ދަނޑުތަކުގައި ޚާއްސަ ގޮތަކަށް ހައްދާ ސައިފަތެކެވެ. މަޗާއަކީ ކޮފީއަށް ވުރެ ސިއްހަތަށް ފައިދާހުރި މީރު ބުއިމެކެވެ. މި ސައި ބުއިމުން ސަމާލުކަން ދިނުމަށް ފަސޭހަވެގެންދެ އެވެ.

މީރު ރަހައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން މަޗާއަށް ދެވިހިފަމުން އަންނަ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެމެރިކާއަށް މި ސައިފަތް އެތެރެކުރާ ފަރާތެއް ބީބީސީއަށް ބުނެފައި ވަނީ، މީގެ ކުރިން މަހެއްގެ ތެރޭގައި ހުސްވާ މިންވަރު މިއަދު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހުސްވާ ކަމަށެވެ. މިއީ އެ ސައި ބޯން މީހުން ބޭނުންވެފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވި ކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.

މަޗާ: ދުނިޔޭގެ ގިނަބަޔަކު ދެވިހިފައިފައިވާ މީރު ސައެއް

މި ސައިފަތް ހައްދާ ދަނޑުވެރިންނަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި އޭގެ ތަޖުރިބާގެ އަލީގައި މަސައްކަތްކުރާ ބައެކެވެ. މަޗާ ތައްޔާރުކުރުމަށްޓަކައި ގްރީންޓީ ފަތް މުގުރައި ހިމުންކުރެވެ އެވެ. ގްރީންޓީ އާއި މަޗާގެ ތަފާތަކީ ގްރީންޓީގައި ހަމައެކަނި ފަތުގެ ކުލަ ހިމެނޭއިރު މަޗާއަކީ ގަހުން ފަތް ވަކިކުރުމުގެ 20 ނުވަތަ 30 ދުވަސް ކުރިން ހިޔަލުގައި ބަހައްޓައިގެން ބޮޑުކޮށް، އެއްކޮށް މުގުރާ ހިމުންކުރެވި، ހޫނުފެނުގައި އެއްކުރެވިފައިވާ ބުއިމެކެވެ. ގްރީންޓީއަށް ވުރެ މަޗާ އެތައް ގޮތަކުން ފައިދާ ގިނަކަމަށް ސައިންސުގެ ހޯދުންތަކުން ޔަގީންކުރެވިފައިވެ އެވެ.

މަޗާ އަކީ، ގްރީންޓީގެ ފަތް ހިޔަލުގައި ހައްދައިގެން ބޭނުންކުރެވޭ ސިއްޚަތަށްވެސް ފައިދާހުރި ސައެއް

މިދިޔަ އަހަރު ޖަޕާނުން 8،798 ޓަނުގެ ގްރީންޓީ ގައުމުން އެކްސްޕޯޓް ކޮށްފައިވާއިރު، މީގެ ދެބައިކުޅަ އެއްބަޔަކީ މަޗާ ސއިފަތެވެ. އެހެން ނަމަވެސް އެ އުފެއްދޭ މިންވަރަށް ވުރެ ގިނައިން ބޭނުން ކުރެވޭތީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޗާ ވިއްކުމުގައި މިހާރު ވަކި ގަވައިދުތަކެއް ކަނޑައެޅެމުންދެ އެވެ. އެއީ މަޗާ ބުއިން މަދުކުރާކަށް ނޫނެވެ. ޑިމާންޑާ އެއްވަރަށް އުފެއްދުމުގައި ދަތިތަކެއް ހުރުމުންނެވެ.

މަޗާއަކީ ޖަޕާނުގައި އަބަދުވެސް ބޭނުން ކުރާ ގްރީންޓީގެ ތަފާތު މީރު ބާވަތެއް

މަޗާ އުފައްދާ މިންވަރު 2010 އަކުން 2023އަށް ވަނީ ތިންގުނައަށް އިތުރުވެފައިވެ އެވެ. ނަމަވެސް މިފަހަކަށް އައިސް މަޗާ ވަނީ އޭގެ ޑިމާންޑާ އެއްވަރަށް އުފެއްދުމުގައި ދިވާފެފައިވާ ސަބަބުތަށް ދެނެގަނެވިފައިވެ އެވެ. ފުރަތަމަ ސަބަބަކީ ޖަޕާނުގައި ޓެންޗާ ހައްދާ ސަރަހައްދުތަކަށް އާދަޔާޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ހިޔާކުރަން ދަތިތަކާ ދިމާވުމެވެ. ދެވަނަ ސަބަބަކީ ޖަޕާނުގައި ދޮށީ އުމުރުގެ މީހުންގެ އާބާދީ މައްޗަށް ދިއުމުގެ ސަބަބުން ދަނޑުވެރިކަން ކުރާ މީހުން މަދުވުމެވެ.