2013 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ރާންޖަނާ"ގެ ނިމުން ބަދަލުކޮށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން އެ ފިލްމުގެ އާ ވާޝަންއެއް އުފެއްދުމުން ފިލްމުގެ ލީޑު ތަރި ދަނުޝް ހިތްހަމަ ނުޖެހިއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ދަނުޝް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ބަޔާނެއްގައި އެ ފިލްމުގެ އަސްލު އޮޅުވާލާފައި ވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.
"މިއީ މީގެ 12 އަހަރު ކުރިން އަހަރެން ކުޅުނު ފިލްމެއް ނޫން، މީގެ އަސްލެއް މިހާރަކު ނެތް" ދަނުޝްގެ ބަޔާނުގައި އޭނާ ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް އޭއައި ބޭނުން ކޮށްގެން ފިލްމުތަކުގެ އަސްލު އޮޅުވާލުމަކީ ފިކުރީ މުދަލާއި އެކަމުގައި މަސައްކަތްކުރި ފަންނާނުންނަށް ވެސް ބޭއިންސާފެއް ކަމަށް ދަނުޝް ބުންޏެވެ.
ރާންޖަނާގެ އަސްލު ފިލްމުގެ ނިންމުމުގައި އެ ފިލްމުގެ ލީޑު ކެރެކްޓަރު ކުންޑަން (ދަނުޝް)އަށް ލިބޭ ޒަހަމްތަކަށް ފަރުވާ ކުރަމުން ދަނިކޮށް މަރުވެ އެވެ.
އެހެން ނަމަވެސް އޭއައި ވާޝަންގައި އެ ޒަހަމްތަކުން ކުންޑަންއަށް މާ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެ އެވެ. އަދި ޒޯޔާއާއެކު އުފާވެރި ނިންމުމެއް ލިބެ އެވެ.
ރާންޖަނާގެ އޭއައި ވާޝަންއާމެދު އެ ފިލްމުގެ ޑިރެކްޓަރު އާނަންދު އެލް ރާއީ ވެސް ވަނީ މީގެ ކުރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެް