ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއް ނިންމަވައިލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅެވެ. އެ ގައުމަށް ޖުމްލަ ތިން ނުރަސްމީ ދަތުރުފުޅު އެމަނިކުފާނު ކުރެއްވި އެވެ.
މިދިޔަ ޖޫން މަހުގެ 29އިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދަތުރުފުޅެއް ވެސް އެމަނިކުފާނު އެ ގައުމަށް ކުރެއްވި އެވެ.
ހަތަރު ދުވަހުގެ އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ.
ހިތުގެ ބަލިތަކުން ރައްކާތެރިވާން ކާންވީ މިރުސް!
އިންތިހާބަކާ ނުލައި 7 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވިއްޖެ: ފަލާހު
ސައުދީ ޕްރޯ ލީގު ދެއްކުން 'ފޮސްކް ސްޕޯޓްސް' އިން ހުއްޓާލައިފި
