އެމްޑީޕީގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުން ވަކިކުރި މުސްއަބަށް ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭނެ ކަމަށް އަނެއްކާވެސް ހުކުމްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބެލި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކުރި މައްސަލާގައި އޭނާއަށް 1.1 މިލިއަން ރުފިޔާ ދޭން ހައި ކޯޓުން ކުރިން ހުކުމްކުރި އެވެ.
ނަމަވެސް މިދިޔަ އަހަރު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރުމަށްފަހު ނިންމީ ގާނޫނާ ހިލާފަށް ވަކިކުރި މައްސަލާގައި ބަދަލު ހޯދުމަށް ވަކިން ދައުވާކުރުމުގެ ހައްގު މުސްއަބަށް އޮންނާނެ ކަމަށެވެ.
އެގޮތަށް ސުޕްރީމް ކޯޓުން ނިންމުމުން ސިވިލް ކޯޓުގައި މުސްއަބު ދައުވާކުރީ ބަދަލުގެ ގޮތުގައި ފައިސާ ހޯދުމަށެވެ. އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން މިއަދު ނިންމީ 1.1 މިލިއަން ރުފިޔާ އާއި ގާނޫނީ ހަރަދުގެ ގޮތުގައި 40,000 ރުފިޔާ ސިވިލް ސާވިސް ކޮމިޝަނުން އޭނާއަށް ދޭންޖެހޭނެ ކަމަށެވެ.
އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ކޭންގެ ދެ ލަނޑާއެކު އިންގްލެންޑަށް ވަރުގަދަ ފެށުމެއް
ޓޮމްއާއި ޒެންޑާޔާ ކައިވެނި ކުރިކަން އެންމެ ފަހުން ޔަގީން ކޮށްދީފި
