ޓެކްނޮލޮޖީގެ ދާއިރާގައި ޖަޕާނަކީ އަބަދުވެސް އެންމެ ކުރީގައި ގުނާލެވޭ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެ ގައުމުގެ އީޖާދުތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބޭ އީޖާދުތަކެކެވެ.
އެގޮތުން މިފަހަރު އެ ގައުމުން އުފައްދާފައި މިވަނީ "އިންސާނުން ދޮންނަ މެޝިން" އެކެވެ. މިއީ މަދު ވަގުތުކޮޅެއްގެ ތެރޭގައި އިންސާނަކު ދޮވެލާ އުފެއްދުމެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަޕާނުން އިއުލާންކުރި މި އުފެއްދުމަކީ އިންސާނުންގެ ދިރިއުޅުމަށް އާޓިފިޝަލް އިންޓެލިޖެންސް އެކުލަވަން ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށް އެ ގައުމުން ބުނެ އެވެ.
މި މެޝިނަކީ އޭއައި ބޭނުން ކޮށްގެން 15 މިނެޓު ތެރޭގައި އިންސާނަކު ރަނގަޅަށް ފެންވަރުވައި ހިއްކައިދޭނެ މެޝިނެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި މެޝިނުގައި ހިމެނޭ ޓެކްނޮލޮޖީއާއެކު އިންސާނުންގެ ހަމުގައި ހުންނަ ކުދިކުދި ނަޖިސްތަކާއި ޖަރާސީމުތައް އެއްކޮށް ސާފު ކުރެވޭނެ ކަމަށް ބުނެވެ އެވެ.
މި މެޝިނުގައި އޮންނަ މީހަކަށް ކުރެވޭނީ އާއްމުކޮށް މީހުން ނަގައި އުޅޭ ސްޕާ ތެރަޕީއެއްގެ އިހުސާސް ކަމަށާއި މިއީ ޓެކްނޮލޮޖީގެ ދާއިރާއަށް އަންނަ އިންގިލާބެއް ކަމަށް ވެސް ސައިންސްވެރިން ފާހަގަކުރެ އެވެ.
ވިލާއިން ރ. އަތޮޅުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓް ހުޅުވަނީ
ކުއްޔަށް އުޅޭ ފަރާތަށް ނުދީ ގޭގެ ވެރިފަރާތުން ރޯދަ ހަދިޔާ ނަގަނީ
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިނަކީ މިއީ