ބޮލީވުޑްގެ ތަރި ޕްރިނީތީ ޗޯޕްރާއާއި އޭނާގެ ފިރިމީހާ، މަޖިލިސް މެމްބަރު ރާގަވް ޗައްދާއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފި އެވެ.

އެމީހުންގެ އިންސްޓަގްރާމްގައި އިއްޔެ ކުރި ޕޯސްޓެއްގައި ޕަރިނީތީއާއި ރާގަވް ވަނީ 3=1+1 ޖަހާފައިވާ ކޭކެއްގެ ފޮޓޯ ހިއްސާ ކޮށްފަ އެވެ.

އެއާއެކު އެމީހުންގެ ކުޑަކުޑަ "ދުނިޔެ" އަންނަން އުޅޭ ކަމަށް ބުނެފައިވާއިރު މިއީ ލިބުނު ރަހުމަތެއް ކަމަށް ވެސް ޕަރިނީތީ ބުނެފައިވެ އެވެ.

https://www.instagram.com/p/DNxJuZv5okE/?utm_source=ig_embed&ig_rid=39378385-51ae-4615-b3c5-52095580ce37

މި ޕޯސްޓް ހިއްސާ ކުރުމާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި އެ ޕޯސްޓް ވައިރަލްވެ ގިނަ ބަޔަކު ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަން ފަށާފަ އެވެ.

ޕަރިނީތީ ބަލިވެ އިންކަން އިއުލާން ކޮށްފައި މިވަނީ އާއިލާއެއް ފަށަން ބޭނުންވާ ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރާގަވް ބުނެފައި ވަނިކޮށެވެ.

2023 ވަނަ އަހަރު ސެޕްޓެމްބަރު މަހު ކައިވެނިކުރި ޕަރިނީތީއާއި ރާގަވްއަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބޮލީވުޑްގެ ޖޯޑެއްކަން ފާހަގަ ކޮށްލެވެ އެވެ.