ފަރުވާ ނުކުރެވި ދިގުލައިގެންދާ ލޮލުގެ ބަލިތައް ހުންނަ މީހުން ޑިމެންޝިއާ ފަދަ ސިކުނޑީގެ ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ޑރ. ޖޯޝުއާ އެރްލިޗް އިސްކޮށް ހުންނަވައި ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ސިކުނޑީގެ ސިއްހަތާއި ލޮލުގެ ފެނުމާ ސީދާ ގުޅުމެއްވެ އެވެ.
ޑރ. ޖޯޝުއާއާއި ޓީމްގެ ދިރާސާގައި އުމުރުން 71 އަހަރުން މަތިވެފައިވާ 3000 މީހުންގެ ލޮލުގެ ފެނުމާއި ނަފްސާނީ ސިއްހަތު އަޅާ ކިޔުނެވެ.
އެގޮތުން އެ މީހުންގެ ތެރެއިން ޑިމެންޝިއާގެ އަލާމާތްތައް ފެނުނު މީހުންގެ 13 ޕަސެންޓް މީހުންނަކީ ދުރު ފެނުމުގެ މައްސަލަތައް ހުންނަ މީހުން ކަމަށް އެ ދިރާސާއިން އެނގިފައިވެ އެވެ.
އަދި ހަމަ އެހެންމެ 32 ޕަސެންޓް މީހުންނަކީ ލޮލުގެ ފެނުން އިންތިހާއަށް ފުުސް ނުވަތަ ލޮލަށް އެއްގޮތަކަށް ވެސް ނުފެންނަ މީހުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ނަތީޖާތަކަށް ބަލާއިރު ލޮލުގެ ފެނުމާއި ދިގު މުއްދަތުގެ ނަފްސާނީ ސިއްހަތާ ވަރަށް ބޮޑު ގުޅުމެއް ވާ ކަމަށް ސައިންސްވެރިން ނިންމާފައިވެ އެވެ.
އެހެން ކަމުން ސިކުނޑީގެ ދުޅަހެޔޮ ކަމަށް ޅައިރުއްސުރެ ގަވާއިދުން ލޮލުގެ ޗެކަޕް ހަދަމުން ދިއުމަށް މާހިރުން ލަފާދެ އެވެ.
 އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
			އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
			މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					