ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ހުށަހެޅުއްވި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރެވޭ ބިލް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ނޫސްވެރިން އިހްތިޖާޖުކުރަމުން ދަނިކޮށް އެ ބިލް މިއަދު ފާސްކުރީ ކުދުކުދި އިސްލާހުތަކާއެކު އެވެ. ކުރިން އެ ބިލް އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނުގެ ކޮންޓްރޯލް ނެގޭ ގޮތަށެވެ.

ނަމަވެސް މިހާރު އިސްލާހު ކުރީ މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް އެ ކޮމިޝަނުގެ ކޮންޓްރޯލް ނެގޭ ގޮތަށެވެ.

އެ ބިލް ހުށަހެޅިއިރު އޭގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުން ވެސް އެ ކޮމިޝަނުގައި ތިބޭގޮތަށެވެ. ނަމަވެސް ބިލް ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވައިގެން މަޖިލީހުން ފާސްކުރާ ބޭފުޅުން ވެސް އެ ކޮމިޝަނުގައި ތިއްބަވާ ގޮތަށެވެ.

އެ ބިލްގައިވާގޮތުން ސޯޝަލް މީޑިއާގައި އުޅޭ މީހުންނަށް ވެސް ފިޔަވަޅު އެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ.