މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލަން އަންގައިފި އެވެ.
ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ މާޗު 16، ގައި އެ ޓީވީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ. އެއީ އަކީ މާޗު 12، ގައި އެ ޓީވީން ލައިވްކުރި އެމްޑީޕީގެ ކުއްލި އެއްވުމުގައި ދެއްކި ވާހަކައަކާ ގުޅޭ މައްސަލައެކެވެ.
ޗެނަލް 13ގެ ބްރޯޑްކާސްޓް މެެދުކަނޑާލަން އެންގީ އެއް ރޭ 20:00 އިން 22:00 އަށެވެ. އެއީ އެޕްރީލް 17، ގައި އެ ޓީވީން ސޯޝަލް މީޑިއާގައި ލައިވް ކުރި "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ރާއްޖެ ޓީވީންއަށް ފިޔަވަޅު އެޅީ އެ ޓީވީން ލައިވްކުރި އެމްޑީޕީގެ އެއްވުމުގައި އެ ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދޮށީ ދަރިކަލުންނާ ގުޅޭގޮތުން ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
މީގެކުރިން ވެސް އެ ކޮމިޝަނުން ޗެނަލް1 ގެ ބްރޯޑްކާސްޓިން ހުއްޓާލަން އެންގި އެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލް ފާސްވުމުން ފުލުހުން ފޮނުވައިގެން ވެސް މީޑިއާތައް ބަންދުކުރެވޭނެ އެވެ.