ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި ސަރުކާރުން ހުށަހެޅި ބިލެކެވެ. އެކަމަށް މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.
ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ކަމަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެއީ އަމިއްލަ މެންބަރަކު ހުށަހެޅުއްވި ބިލެއް ކަމަށެވެ.
އެ ގާނޫނު ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރަށް މީޑިއާ ކޮމިޝަނުގެ ކޮންޓްރޯލް ނެގޭގޮތަށެވެ.
ރައީސް މުއިއްޒު އެ ބިލް ތަސްދީގު ކުރީ ބައިނަލްއަގުވާމީ އެކި އެކި ޖަމިއްޔާ ތަކާއި ގިނަ އަދަދެއްގެ ނޫސްވެރިން އެ ބިލް ތަސްދީގު ނުކުރަން ގޮވާލަމުން ދަނިކޮށެވެ.
އެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަކީ ދޮގު، ތެދު ކަނޑައެޅުމުގެ ބާރު ލިބިގެންވާ ތަނެކެވެ. އެހެންކަމުން ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅޭ ހަބަރެއް ނޫހެއްގައި ލިޔެފައި ވަނިކޮށް އެއީ ދޮގެއް ކަމަށް އެ ކޮމިޝަނަށް ފެނިއްޖެނަމަ އެ ނޫހަކަށް ފިޔަވަޅު އެޅޭނެ އެވެ.
މި ޤައުމު ހަލަބޮލިވުމަށް މަގުފަހިކުރުވާ އެންމެހާ މާއްދާތައް އިސްލާހް ކޮށްފައިޮވާނެ ކަމަށް އުއްމީދުކުރެވޭ،،، ނޫންނަމަ މިބިލަކީ ފާޅުގައި އަމިއްލައަށް ފޭހުނު އިލޮށިގަނޑަކަށްވުންވެސް ވަރަށްގާތް..އިޚްލާސްތެރި ވެރިކަމެއް ނުކުރެވޭތާ ޤައުމުގެ އިްތިޞާދު ފުނޑި ހަލާކުވާތަން ބަލަަން ދެން އޮތީ 3 އަހަރު.ޔާﷲ މި ކަމުން މިންޖުކުރައްވާށ!
ރިޕްލައި