ވިލިމާލެ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން އެ ގައުމުގެ މީހަކު ކަނޑަށް ވެއްޓިގެން، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ މީހާ ކަނޑަށް ވެއްޓުނީ އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ" އިން ކަމަށެވެ. ކަނޑު އުޅަނދުތައް ޓްރެކް ކުރާ ސައިޓުތަކުން ދައްކާ ގޮތުގައި އެ ބޯޓު އަދި ވެސް އޮތީ ވިލިމާލޭގެ އުތުރުގަ އެވެ.
އެމްއެންޑީއެފް އިން ބުނީ އިންޑިއާ މީހާ ވެއްޓިގެން ރިޕޯޓު ކުރީ ރޭ 11:30 ހާއިރު ކަމަށެވެ. އެ ވަގުތުން ފެށިގެން ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މިހާތަނަށް އޭނާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
"ވޯކިން ކެޕިޓަލް ފައިނޭންސިން" ތައާރަފްކޮށްފި
ބަންގްލަދޭޝްގެ އޮފީސްތަކުގައި ކަރަންޓް ހަރަދުކުޑަ ކުރަނީ
ފަހަށް ބަތް ރައްކާ ކުރެވޭ ގޮތަކުން ސިއްހަތަށް ނުރައްކާވޭ!
